ކުއްޔަށް ދިނުން
ނަންބަރު: (IUL)329/329/2022/29
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 12:25
ސުންގަޑި: 14 މާރިޗު 2022 11:00
ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޅުވެލިފުށީ މަސްޖިދުލް އީޤާން ހުރި ބިން 20 އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށް ދޫކުރުން

             އޮޅުވެލިފުށީ މަސްޖިދުލް އީޤާން ( ކުރީގެ އަންހެނުންގެ މިސްކިތް ) ހުރި ބިން 20 އަހަރު ދުވަހުގެ މުއްދަތައް ކީރިތި ޤުރުއާނުގެ ޢިލްމު އުގަންނާ ދިނުމާއި އެހެނިހެން ތަޢުލީމާއި ގުޅުންހުރި ކޯސް ނުވަތަ ތަމްރީން ޕްރޮގުރާމްތައް ހިންގުމަށް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ހުޅުވާލަމެވެ.

 

 

 

 

ނަންނޯޓް ކުރުން/ ރަޖިސްޓްރޭޝަން

  • ބިޑުގައި ރަޖިސްޓަރީވެވޭނީ މިނިސްޓަރީ އޮފް ހަޔާރ އެޑިއުކޭޝަންގައި ރަޖިސްޓަރީވެފައިވާ އިންސްޓިޓިއުޓް ނުވަތަ އެނޫންވެސް ތަޢުލީމު އުގަންނާ ދިނުމަށް ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
  • ބިޑުގައި ބައިވެރިވުމަށް 50/- ރުފިޔާގެ ނޮން-ރިފަންޑެބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންވާނެއެވެ.
  • ރެޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ބިޑުގެ މުއްދަތުގައި ކައުންސިލަށް ފައިސާދެއްކުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިޕް [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

-         ފައިސާ އޮންލައިން ކޮށް ދެއްކުމަށް ކައުންސިލްގެ އެކައުންޓް 1372 REVENU 1   ( 7705700431001 ) އަށް ޖަމާކޮށް ދެއްވާ ..

  • ބިޑުގައި ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން، 08 މާރިޗު 2022 ވާ އާދިއްތަ ދުވަހުގެ  14:00 ކުރިން ތިރީގައިވާ ލިންކުގައި ތައްޔާރުކުރެވިފައިވާ ގޫގުލް ފޯމް ފުރިހަމަ ކުރަންވާނެއެވެ.

އޮޅުވެލިފުށީ މަސްޖިދުލް އީޤާން ހުރި ބިން 20 އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށް ދޫކުރުން (google.com)    https://forms.gle/VoPUvdGCpM8xLvGz8

 

  • މި މުއްދަތުގައި ރަޖިސްޓްރޭޝަން ފައިސާ ދައްކައި  ނިންމެވުން އެދެމެވެ. ރަޖިސްޓްރޭޝަން އަށް ދައްކާ ފައިސާއަކީ، އަބުރާ ލިބޭނެ ފައިސާއެއް ނޫނެވެ.
  • ރަޖިސްޓަރީ ވާ ކޮންމެ ފަރާތަކަށްވެސް ބިޑް/ ޕްރޮޕޯސަލުގެ މަޢުލޫމާތު ކަރުދާސް ގޫގަލް ފޯމް މެދުވެރިކޮށް ފުރާ ފޯމާއިއެކު ހުށަހަޅާ މެއިލް އެޑްރެސްއަށް ފޮނުވާލެވޭނެއެވެ.
  • އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލްގެ ފޯނު ނަންބަރ 6620075 އަށް ގުޅުއްވާގެއް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

 

ބިޑް ( އަންދާސީ ހިސާބު)/ ޕްރޮޕޯސަލް ހުށަހެޅުން

  • ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 14 މާރޗް 2022 ވާ އަންގާރަ ދުވަހުގެ 11:00 ގައި ޅ.އޮޅުވެލިފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބިޑް / ޕްރޮޕޯސަލްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  • ބިޑް / ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ.
  • އީމެއިލް މެދުވެރިކޮށް ހުށަހަޅާފަރާތްތަކުން ހުށަހަޅަންވާނީ [email protected]   އަށް ބިޑް/ޕްރްޕޯސަލް ހުޅުވަން ކަނޑައެޅިފައިވާ ވަގުތުގައެވެ. ( 14 މާރޗް 2022 ، 11:00 )
  •  ބިޑް/ ޕްރޮޕޯސަލް ހުށަހެޅުމަށް ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު ( ފުރިހަމަ ނަމާއި، މަޤާމް، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރ ) އިގޭނޭ ގޮތައް ސިޓީއެއް ގެންނަންވާނެއެވެ. .
  • ނަންނޯޓް ނުކުރާ ފަރާތްތަކާއި ، ނަންނޯޓްކުރިނަމަވެސް، ރަޖިސްޓްރޭޝަން ފައިސާ ނުދައްކާ ފަރާތްތަކާއި، ގަޑި ޖެހިގެން ބިޑް/ ޕްރޮޕޯސަލް ހުށަހަޅަން ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

 

 

 

މާކްސް ދިނުން

 

  • ބިމުގެ ކުލީގެ ގޮތުގައި  ހުށަހަޅާއަގަށް 40%  ( ސާޅީސް  ޕަސަންޓް )

-           ކުލީގެ ގޮތުގައި ހުށަހެޅޭ އެންމެ ކުޑައަގަކީ މަހަކަށް 500 ދިވެހި ރުފިޔާއެވެ.

( އަގު ހުށަހަޅަންޖެހޭނީ ކޮންމެ ފަސްއަހަރަކުން ކުލި އިތުރުވާގޮތަށެވެ. މިގޮތަށް އިތުރުވާ އަގު ކުލީގެ 20% އަށްވުރެ ކުޑަވެގެންނުވާނެއެވެ. )

 

  • ހުށަހަޅާ ޕްރޮޕޯޒަލްއަށް 60%  ( ފަސްދޮޅަސް ޕަސަންޓް )

ޕްރޮޕޯޒަލްއިވެލުއޭޓް ކުރުމުގައި ބެލެވޭނެ ކަންކަމާއި ޕޮއިންޓް ދެވޭނެގޮތް ( 60 އިންސައްތަ ބެހިފައިވާ ގޮތް  )

  • ޙިދުމަތް ދިނުމަށް ފަށާނެ މުއްދަތު  20%
  • ދިވެހިންނަށް ވަޒީފާ ދިނުމަށް ހުށަހަޅާ މިންވަރު 20%
  • އުގަންނާ ދިނުމަށް ތަޖުރިބާ ލިބިފައިވާ  ޓްރޭން ޓީޗަރ ބޭނުންކުރާނަމަ 15% ( މިބަޔަށް މާކުސް ލިބޭނީ ހުށަހަޅާ ޕްރޮޕޯސަލާއެކު ތަމްރީން ލިބިފައިވާ ކަމުގެ ސެޓްފިކެޓްގެ ކޮޕީ ހުށަހަޅާފައިވާނަމައެވެ. )
 
   

 


މާނަކުރުން :

ޓްރޭން ޓީޗަރ : ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަޑުން ކިޔަވާދިނުމުގެ ދާއިރާއިން ދައްވެގެން ލެވަލް 5 އޮތުން  

  • §        ސީއެސް އާރް  5%

ޖުމްލަ 100 މާކުސް

 

 

              ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

             29 ރަޖަބް 1443

02 މާރިޗު 2022