ޢާންމު މަޢުލޫމާތު
ނަންބަރު: 2022/007
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 11:32
ސުންގަޑި: 25 މާރިޗު 2022 14:00
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
މައިލޯ ކްރިކެޓް ކާނިވަލް 2022

ކްރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ބާއްވާ މައިލޯ ކްރިކެޓް ކާނިވަލް 2022، ރަމަޞާން މަހުގެ 2 ވަނަ ދުވަހު ފަށާގޮތަށްވަނީ ތާވަލް ކުރެވިފައެވެ. އަދި މި އަހަރުގެ ރަމަޞާން ކްރިކެޓް ކާނިވަލްގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ. މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީޙަކީ 25 މާރިޗް ވާ ހުކުރު ދުވަހުގެ 14:00 އާއި ހަމައަށެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ކާނިވަލުގައިވެސް ތިން މުބާރާތް ކުރިއަށްދާނެއެވެ. 

  • އޯޕަން ޓޭޕް ބޯލް - މުބާރާތުގައި ބައިވެވެވޭނީ 12 ޓީމަށެވެ. ބައިވެރިވުމުގެ ފީ އަކީ 1000 ދިވެހި ރުފިޔާއެވެ.     
  • އޮފީސް ޓޭޕް ބޯލް - މުބާރާތުގައި ބައިވެރިވެވޭނީ 8 ޓީމަށެވެ. ބައިވެރިވުމުގެ ފީ އަކީ 1500 ދިވެހި ރުފިޔާއެވެ.    
  • ކޮމްޕެނީ ޓޭޕް ބޯލް -  މުބާރާތުގައި ބައިވެރިވެވޭނީ 16 ޓީމަށެވެ. ބައިވެރިވުމުގެ ފީ އަކީ 5000 ދިވެހި ރުފިޔާއެވެ. 

މުބާރާތުގައި ބައިވެރިވެވޭނީ ފީ ދައްކާ ތަރުތީބުން، ހަމަޖެހިފައިވާ އަދަދު ފުރިހަމަވަންދެނެވެ. އަދި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް 10 ޖާޒީ ދެވޭނެއެވެ. 

ކޮންމެ މުބާރާތެއްގެ އެންމެ ގިނަ ލަނޑު ހަދާ ފަރާތެއް، އެންމެ ގިނަ ވިކެޓް ނަގާ ފަރާތެއް، އަދި އެންމެ މޮޅު 2 ޓީމަށް އިނާމް ފައިސާ ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

 އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3325503 / 9676757 ނަންބަރާއި ގުޅުއްވުން އެދެމެވެ.

 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މާލެ ސްޕޯޓްސް ކޮމްޕްލެކްސް

އީމެއިލް: [email protected]

ފޯން: 3325503

02 މާރިޗު 2022