ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2022/78
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 10:45
ސުންގަޑި: 10 މާރިޗު 2022 00:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަމަޟާންމަހަށް ޚާއްޞަކޮށްގެން ގާއިމުކުރާ ވަގުތީމާރުކޭޓުތަކުން ގޮޅި ދޫކުރުމާއި ބެހޭ

 ރަމަޟާން މަހާއިގުޅިގެން މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ތަރުކާރީއާއި،މޭވާގެ ބާވަތްތައް ފަސޭހަކަމާއެކު ގަންނަން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން މާލޭ ސިޓީކައުންސިލުން މާލޭ ދެ ސަރަހައްދެއްގައި ގާއިމްކުރާ ވަގުތީ މާރުކޭޓުތަކުން ގޮޅިދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ގޮޅި ދޫކުރަން ހަމަޖެހިފައިވަނީ 02 މަސްދުވަހުގެ މުއްދަތަށެވެ.

 ވީމާ،މާލެސިޓީގައި ރަމަޟާންމަހަށް ޚާއްސަކޮށްގެން ގާއިމުކުރާ ވަގުތީ މާރުކޭޓުތަކުން ގޮޅި ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން ތައިސޭކޮށީގައި ހުންނަ މިކައުންސިލްގެ ޢާންމުޚިދުމަތްތަކާއި ބެހޭބައިން ގޮޅިއަށް އެދޭ ފޯމްނަންގަވައި ފުރުއްވުމަށްފަހު 10 މާރޗް 2022 ވަނަ ދުވަހުގެ 12:00 ގެ ކުރިން ޢާންމުޚިދުމަތްތަކާ ބެހޭބަޔަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.

02 މާރިޗު 2022