މަސައްކަތް
ނަންބަރު: FSM-ADM-2014/037
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 08:21
ސުންގަޑި: 02 ސެޕްޓެންބަރު 2014 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ސައިޓްތަކުގެ ސެކިއުރިޓީ ކަންތައްތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

މިކުންފުނީގެ ސައިޓްތަކުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ.

މި ކުންފުނީގެ ސައިޓްތަކުގެ ސެކިއުރިޓީ ކަންތައްތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 14 އޮގަސްޓު 2014 ވަނަ ދުވަހު ކުރެވުނު އިޢުލާން (ނަންބަރު FSM-ADV-2014/030) އަށް އެދެވޭ މިންވަރަށް ތަރުޙީބު ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކޮށް ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ސެޕްޓެންބަރު 2014 ވާ އަންގާރަދުވަހުގެ 14:00 އަށް އެސް.ޓީ.އޯ އައިފާނު ބިލްޑިންގުގެ 4 ވަނަ ފަންގިފިލާގައި ހުންނަ އެފް.އެސް.އެމް މައިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 07 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

2 ޛުލްޤަޢިދާ 1435

28 އޮގަސްޓް 2014