މަސައްކަތް
ނަންބަރު: (IUL)479-PR/479/2022/4
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 09:48
ސުންގަޑި: 08 މާރިޗު 2022 10:00
މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ
ދިވެހިރާއްޖެ
ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުން

މި ސެންޓަރުގެ (IUL)479-PR/479/2022/3 (08 ފެބުރުވަރީ 2022) ނަންބަރު އިޢުލާނާއި ގުޅިގެން ހުށަހެޅި އަންދާސީ ހިސާބުތައް އެކަށީގެންވާ ވަރަށް ވުރެއް އަގު ބޮޑުކަމަށް ފެންނާތީ އަދި މައުލޫމާތަށް ބަދަލު އައިސްފައިވާތީ ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާންކުރަމެވެ.

މަޢުލޫމާތު ސާފުކުރުން

ބީލަން ހުށަހެޅުން

ތަން : މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ (ތީމުގެ މެއިންޓެނަންސް ބިލްޑިންގ ފުރަތަމަ ފަންގިފިލާ ، ހަވީރީ ހިނގުން / ކުރީގެ ލޭބަރ ރިލޭޝަންސް އޮތޯރިޓީ ހިންގި އިމާރާތް)

ތަން : މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ (ތީމުގެ މެއިންޓެނަންސް ބިލްޑިންގ ފުރަތަމަ ފަންގިފިލާ ، ހަވީރީ ހިނގުން / ކުރީގެ ލޭބަރ ރިލޭޝަންސް އޮތޯރިޓީ ހިންގި އިމާރާތް)

ގަޑި : 2022 މާރިޗު 08 ވާ އަންގާރަ ދުވަހު ހެނދުނު 10:00 އަށް

ގަޑި : 2022 މާރިޗު 13 ވާ އާދިއްތަ ދުވަހު ހެނދުނު 10:00 އަށް

ނޯޓު : ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ދުވަސް އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ  މަތީގައި ބަޔާންކޮށްފައިވާ  ގަޑީގައެވެ.

 

ވީމާ، މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތާވަލުގައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތާވަލުގައިވާ ގޮތުގެމަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ބީލަން ހުށަހަޅަން ޙާޒިރުވާ ފަރާތްތަކުގެ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 އަދި ދަންނަވަމެވެ. މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު 13-K/CIR/2019/27 (4 ޖުލައި 2019) މާލިއްޔަތު ސާރކިއުލަރގައިވާ ގޮތުގެމަތިން  މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް އެކަނިއެވެ.

02 މާރިޗު 2022