ދިވެހިރާއްޖެ
އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ސްޓާފް މިނީ މާޓެއް ތަރައްޤީކޮށް ހިންގުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން
އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިކުންފުނިން ދޫކުރާ ސައިޓުގައި ސްޓާފް މިނީ މާޓެއް ތަރައްޤީކޮށް އެތަން ހިނގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން 15 މޭ 2014 ކުރެވުނު އިޢުލާން (ނަންބަރު CMS/IL/2014/48/ފ116 އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
- ސްޓާފް މިނީ މާޓް ހިނގުމަށް ދޫކުރެވޭ ތަން
ސްޓާފް މިނީ މާޓް ތަރައްޤީކޮށް ހިންގުމަށް ދޫކުރެވޭ ތަނަކީ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ހުޅަނގުފަރާތުގައި އެސް.އެސް.ކިއު 2 އިމާރާތުގެ ގްރައުންޑް ފްލޯގައި ހުރި ގާތްގަނޑަކަށް 40 އަކަމީޓަރުގެ ޖާގައެވެ.
- ބީލަން ހުށަހަޅާ ފަރާތްތަކުގެ ޝަރުޠުތައް
2.1 ބީލަން ހުށަހެޅުމަށް ފުރުޞަތު ދެވޭނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރެވިފައިވާ 0 ދިވެހިން ހިއްސާވާ ލިމިޓެޑް ލަޔަބިލިޓީ ކުންފުނިތަކަށެވެ.
2.2 މި ބީލަމުގައި ބައިވެރިވާ ކުންފުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ބޯޑު ޤަރާރުގައި މިބީލަމުގައި ބައިވެރިވުމާއި، ބިޑް ސެކިއުރިޓީ ހުށަހެޅުމާއި އަދި އެގްރީމަންޓް ތަންފީޒު ކުރުމުގެ ބާރު ކުންފުންޏަށް ދިނުން (ބޯޑުގެ ޤަރާރު ހުށަހަޅަންޖެހޭނީ ބީލަން ކާމިޔާބުވެއްޖެ ނަމައެވެ.)
2.3 މި ބީލަމުގައި ބައިވެރިވާ ކުންފުނީގެ މެމޮރަމްޑަމް އޮފް އެސޯސިއޭޝަންގެ މަޤްޞަދުތަކުގެ ތެރޭގައި ނުވަތަ މުރާޖަޢާކުރެވޭ މަޤުޞަދުތަކުގެ ތެރޭގައި މިފަދަ ބީލަމުގައި ބައިވެރިވެ، ބީލަމާއި ބިޑް ސެކިއުރިޓީ ހުށަހެޅުމާއި، ސްޓާފް މިނީ މާޓް ހިންގުމުގެ އެއްބަސްވުން ތަންފީޒުކުރުމާއި، އަދި އެފަރާތުގެ ޒިންމާ އުފުލުން ހިމެނުން (މެމޮރަމްޑަމް އޮފް އެސޯސިއޭޝަންގެ މަޤުޞަދުތަކުގެ ތެރޭގައި މަތީގައި ދެންނެވުނު މަޤުޞަދު ހިމަނަންޖެހޭނީ ބީލަން ކާމިޔާބުވެ މަސައްކަތް ހަވާލުކުރުމުންނެވެ.)
2.4 ބީލަން ހުށަހަޅާ ފަރާތަކީ ބިޑް ސެކިޔުރިޓީ (-/50000 ރުފިޔާ) ހުށަހެޅުމަށް މާލީ ގޮތުން ޤާބިލިއްޔަތުކަން ހުރި، ބީލަމުން ކާމިޔާބުވެއްޖެނަމަ ސްޓާފް މިނީ މާޓް ތަރައްޤީ ކުރެވޭނެ ޤާބިލިއްޔަތުކަން ހުރި ފަރާތެއް ކަމުގައިވުން އަދި ބީލަން ހުށަހަޅާފަރާތުގެ 2013 ވަނަ އަހަރުގެ އާމްދަނީއަކީ މަދުވެގެން 1،000،000 (އެއް މިލިއަން) ދިވެހި ރުފިޔާކަމުގައިވުން.
2.5 މި ބީލަމަށް ކުރިމަތިލާ ފަރާތަކީ ސަރުކާރުގެ އެއްވެސް އޮފީހަކުން ނުވަތަ އެމް.އޭ.ސީ.އެލް މަސައްކަތެއް ހަވާލުކޮށްގެން އެމަސައްކަތެއް ނުވެ ނުވަތަ ކުރުމަށް މަނާކޮށްފައިވާ ފަރާތެއްކަމުގައި ނުވުން.
2.6 ބީލަން ހުށަހަޅާ ފަރާތަކީ ބީލަން ހުށަހެޅުމަށް އަދި ބީލަމުގެ މަސައްކަތްކުރުމަށް ނުވަތަ އެގްރީމެންޓްގައިވާ ގޮތުގެ މަތިން މަސައްކަތްކުރުމަށް ހުރަސް އަޅާ އެއްވެސް ޤާނޫނީ މައްސަލައެއް (މީގެކުރިން، މިހާރު ނުވަތަ ވަކި ގޮތެއް ނިމިފައިނުވާ) ފަރާތެއްކަމުގައި ނުވުން.
2.7 ބީލަންހުށަހަޅާ ފަރާތަކީ އެމް.އޭ.ސީ.އެލް އަށް ދަރަނިވެރިވެފައިވާ ފަރާތަކަށް ވެގެންނުވާނެއެވެ. އަދި ބީލަން ހުށަހަޅާ ފަރާތަކީ އެމް.އޭ.ސީ.އެލް އާއެކު ކުރެވިފައިވާ އެއްވެސް ވިޔަފާރީގެ މުޢާމަލާތެއްގެ ދަށުން އެމް.އޭ.ސީ.އެލް އަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުދައްކާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.
- ބީލަން ފޮތް ލިބޭނެ ގޮތް
ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިކުންފުނިން ސީރިއަލް ނަންބަރު ދީފައިވާ ބީލަން ފޮތެއް 28 އޮގަސްޓު 2014 އިން 10 ސެޕްޓެންބަރު 2014 ގެ ނިޔަލަށް، ސަރުކާރު ބަންދު ނޫން އެއިން ކޮންމެ ދުވަހެއްގެ 8:30 އިން 15:30 އާ ދެމެދުގެ ގަޑިތަކުގައި ގަންނަން ލިބޭނެއެވެ. ބީލަން ފޮތުގެ އަގަކީ -/2،000 ރުފިޔާއެވެ. ބީލަން ފޮތް ވިއްކުމަށްފަހު އެފައިސާ އަނބުރާ ނުދެވޭނެއެވެ. ބީލަން ފޮތް ގަންނަންވާނީ ބީލަން ހުށަހަޅާ ފަރާތުގެ ނަމުގައެވެ. އެހެނީ ސްޓާފް މިނީ މާޓް ހިންގަން އެދޭ ކުންފުނީގެ ނަމުގައެވެ. ބީލަންފޮތް ވިއްކާނީ ގަންނަން އެދޭކަމުގެ ސިޓީ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއެކު ފޮތުގެ އަގު ނަގުދު ފައިސާއިން މިކުންފުންޏަށް ހުށަހެޅުމުންނެވެ.
- ޕްރީބިޑް ބައްދަލުވުން (މަޢުލޫމާތު ދިނުމުގެ ބައްދަލުވުން)
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ދިނުމަށް 11 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 11:00 ގައި ޕްރީބިޑް މީޓިންގެއް މި ކުންފުނީގެ ކޮމާޝަލް އެންޑް މާރކެޓިންގ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގެ މީޓިންގރޫމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ބީލަންފޮތް ގަންނަ އެންމެހައި ފަރާތްތަކުން މި ބައްދަލުވުމުގައި ބައިވެރިވުމަކީ އެދެވިގެންވާ ކަމެކެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން
ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ 2 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 11:00 ގައެވެ. އަދި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 11:15 ގައި، ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބީލަން ހުޅުވުމުގެ ހަފްލާގައި ބައިވެރިވާ ފަރާތްތަކުގެ ހާޒިރުގައެވެ.
- ބީލަން ހުށަހަޅާއިރު ބޭނުންވާނެ މުހިންމު ލިއެކިއުންތައް:
- ކުންފުނި ރަޖިސްޓަރީ ކޮށްފައިވާ ކަމުގެ ލިއުން (ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ސެޓުފިކެޓު)
- ކުންފުނީގެ އަސާސީ ގަވާއިދު (މެމޯރަންޑަމް އޮފް އެސޯސިއޭޝަން)
- އޮޑިޓް ކުރެވިފައިވާ ކުންފުނީގެ އަހަރީ ހިސާބުތައް ( 2013 ވަނަ އަހަރުގެ)
- ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ސެޓުފިކެޓު
- ބޭންކް ގެރެންޓީ
ބީލަން ގަތުމާއި ހުށަހެޅުމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ކޮމާޝަލް އެންޑް މާރކެޓިންގ
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ހުޅުލެ 22000
ދިވެހިރާއްޖެ
ފޯން: 3325511 960+ 3337494 960+ 3337156 960+
އީ-މެއިލް: [email protected]