ބީލަން
ނަންބަރު: (IUL)282/282/2022/8
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 20:35
ސުންގަޑި:
07 މާރިޗު 2022 13:00
މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޒުވާނުންގެމަރުކަޒުގެ ބައެއްމަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން
ބީލަން ހުށައެޅުމުގެ ދަޢުވަތު
- މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ޒުވާނުންގެ މަރުކަޒު ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކުރީގެ ޕްރީސްކޫލް ޢިމާރާތުގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށް ފަހު މިއިދާރާއަށް ހުށައެޅުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވި ކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ.
- މިބީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން އޮންނާނީ 03 މާރޗް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މާއުނގޫދޫ ކައުންސިލް އިދާރާގައެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 07 މާރޗް 2022 ވާ ހޯމަ ދުވަހުގެ 13:00ގައި މިއިދާރާގަ އެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
- ހުށައަޅާ އަންދާސީ ހިސާބުތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު
ކަރުދާހުގައި ހިމެނިފައިވާނެއެވެ. - އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިލަދުންމަޑުލުއުތުރުބުރީ މާއުނގޫދޫ ކައުންސިލުގެ އިދާރާ/ ށ.މާއުނގޫދޫ، ދިވެހިރާއްޖެ.
ފޯން: 6540056
އީމެއިލް: [email protected]
01 މާރޗް 2022
01 މާރިޗު 2022