ދެންނެވުން
ނަންބަރު: (IUL)266-D/266/2022/27
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 15:07
ސުންގަޑި:
07 މާރިޗު 2022 14:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފޯމް ހުށަހަޅުއްވާފައިވާ ފަރާތްތަކުން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު
1443 ވަނަ އަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ކުޅުދުއްފުށިން ފޯމް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކުން ޝަކުވާ ހުށަހެޅުމުގެ ފުރުޝަތު ހުޅުވާލަމެވެ.
ވީމާ، 02 މާރޗް 2022ން ފެށިގެން 07 މާރޗް 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކުން ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާއަށް ޝަކުވާ ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
01 މާރިޗު 2022