ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM-ADV/2022/008
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 14:57
ސުންގަޑި: 07 މާރިޗު 2022 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.                                

މަޤާމް:

އޮޑިޓަރ

ޑިޕާޓްމަންޓް:

އިންޓާނަލް އޮޑިޓް

ބޭނުންވާ ޢަދަދު:

01

މަސްޢޫލިއްޔަތު:

ކުންފުނީގެ އިންޓާނަލް އޮޑިޓްތައް ކުރުން

ކުންފުނީގެ އެކިއެކި މަސައްކަތްތައް މޮނިޓަރ ކުރުން އަދި ރިވިއުކުރުން

ޝަރުތުތައް:

އޭ.ސީ.ސީ.އޭ ލެވެލް 2 ފުރިހަމަކޮށްފައިވުން

ފިނޭންސް އަދި އެކައުންޓިން ދާއިރާއިން ޑިގްރީ ސެޓިފިކެޓް އޮތުން

މަސައްކަތާއި ގުޅުންހުރި ދާއިރާއިން 3 އަހަރުގެ ތަޖުރިބާ ހުރުން

މުސާރަ:

20،000ރ އާއި 21،000ރ ދެމެދު

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް

 

މަޤާމް:

ސީނިއަރ އޮފިސަރ

ޑިޕާޓްމަންޓް/ސެކްސަން:

އިންވެސްޓިގޭޝަން

ބޭނުންވާ ޢަދަދު:

01

ޝަރުތުތައް:

މަސައްކަތާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ޙާސިލްކޮށްފައިވުން

މަސައްކަތުގެ ބާވަތް:

-          މައްސަލައެއް ހުށައެޅުމުން ނުވަތަ ފާހަޤަވުމަށްފަހު މައްސަލަ ހިނގައިދިޔަ ތަނަށް ގޮސް، އިންވެސްޓިގޭޓް ކުރަންޖެހިއްޖެ ހާލަތުގައި އެމަސައްކަތް ކުރުން.

-          އިންވެސްޓިގޭޝަންތަކާއި ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން.

-          ކުންފުނީގެ އިންވެސްޓިގޭޝަން އޮފިސަރުންނަށް މަސައްކަތުގައި އެހީތެރިވުން.

-          އިންވެސްޓިގޭޝަން ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަންކުރުން.

މަހު މުސާރަ:

12،000ރ އާއި 13،000ރ އާއި ދެމެދު

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 07 މާރިޗު 2022 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ހެޑް އޮފީސްއިންކަން ދަންނަވަމެވެ.

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

01 މާރިޗު 2022