ދިވެހިރާއްޖެ
މި ސްކޫލުގެ އިނާމްދޭ ޖަލްސާއަށް ބޭނުންވާ ޓްރޮފީ އާއި ޕްލާރކް ގަންނަން ބޭނުންވެއްޖެ.
މި ސްކޫލުގެ އިނާމްދޭ ޖަލްސާއަށް ޓްރޯފީ އަދި ޕްލާރކް ހޯދަން ބޭނުންވާތީ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.
- ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތައް.
- ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.
- ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.
- އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.
މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 01 މާރިޗު 2022 އިން 05 މާރިޗު 2022 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:30 އަށް އަދި (ބަންދު ދުވަހުގައި 8:30 އިން 20:00 އަށް އީމެއިލް މެދުވެރިކޮށް) މިސްކޫލަށް ވަޑައިގެން ނުވަތަ ތިރީގައިވާ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
[email protected]މެދުވެރިކޮށް އެދިލެއްވުމުން މަޢުލޫމާތު ފޯމު ފޮނުވައިދިނުމުގެ އިންތިޒާމު ހަމަޖެހިފައި ވާނެއެވެ. ބީލަމަށް އަގު ހުށަހެޅުއްވުމަށް، މި ސްކޫލުން ދޫކުރާ މަޢުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު،06 މާރިޗު 2022 (އާދިއްތަ) ދުވަހުގެ މެންދުރުކުރި 10.00 އަށް، މި ސްކޫލަށް ޙާޒިރުވެ އަގު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތާބެހޭ ބީލަން ފޮއި، މި އިޢުލާނާއެކުގައި އެވަނީއެވެ