ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)486-BUR/1/2022/14
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 13:58
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
ގދ. ތިނަދޫން މީހުން ބޭލި ހާދިސާގެ ޕަބްލިކް ހިއަރިންގ ބާއްވާ ތާރީޚްތަކަށް ބަދަލުގެނައުން

މި އޮފީހުގެ ނަންބަރު (IUL)486-SEC/1/2022/5 އަދި ނަންބަރު (IUL)486-BUR/1/2022/12 އިޢުލާނާ ހަވާލާދީ ދަންނަވަމެވެ. 1962 ވަނަ އަހަރު ގދ. ތިނަދޫއިން މީހުން ބޭލި ހާދިސާގައި ނިޒާމީ ސިފައެއްގައި ރާވައިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ އިދާރާއެއްގެ އިސް ހިންގުންތެރިއަކު ހިންގި ކަމަށް ބުނެ މި އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ހިނގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ވާހަކަތައް އާންމުކޮށް ހިއްސާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުންނާއި، މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމުގެ ގޮތުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިއަށްގެންދާ ޕަބްލިކް ހިއަރިންގތައް ބާއްވާ ތާރީޚްތަކަށް ވަނީ ބަދަލުތަކެއް ގެނެވިފައެވެ.

މިގޮތުން، އިސްވެދެންނެވުނު މައްސަލަތަކުގެ އަޑުއެހުންތައް މިހާރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ މާރިޗު މަހުގެ 19 އިން 22 ވަނަ ދުވަހު ގދ. ތިނަދޫގައާއި މާރިޗު މަހުގެ 27 ވަނަ ދުވަހު މާލޭ ސިޓީގައި ކަމަށް އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 

28 ރަޖަބު 1443

01 މާރިޗު 2022