މަސައްކަތް
ނަންބަރު: (IUL)222-F/INDIV/2022/22
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 21 މާރިޗު 2022 10:30
ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
މާލެ މެދުޒިޔާރަތުގެ ބޮޑު ދިދަދަނޑީގެ ބުޑު މާރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތަށް މާލެ މެދުޒިޔާރަތުގެ ބޮޑު ދިދަދަނޑީގެ ބުޑު މާރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

ތަފްސީލް

ތާރީޚް (ދުވަސް)

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން (ޕްރީ ބިޑް މީޓިންގ)

09 މާރިޗު 2022 (ބުދަ)

10:30

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު ބިލްޑިންގ)

ބީލަން ހުށައެޅުން

21 މާރިޗު 2022 (ހޯމަ)

10:30

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު ބިލްޑިންގ)

އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް:

  • ހުށަހެޅި އެންމެ ހެޔޮ އަގު/ ހުށަހެޅި އަގު 60 (އަގު ކުޑަވީ ވަރަކަށް ލިބޭ ޕޮއިންޓް ގިނަވާނެއެވެ.)
  • މަސައްކަތުގެ މުއްދަތަށް ޕޮއިންޓްދިނުމުގައި ބެލޭނީ އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް ގިނަ ޕޮއިންޓްލިބޭ އުޞޫލަކުންނެވެ. މުއްދަތު ) ހުށަހެޅި އެންމެ ކުރު މުއްދަތު / ހުށަހެޅު ފަރާތުގެ މުއްދަތު 20
  • ބެލެވޭނީ މަސައްކަތް ކޮށްފައިވާ ތަންތަނުން ދީފައިވާ ރަސްމީ ލިޔުންތަކަށް ބަލައިގެންނެވެ. އެގޮތުން އެލިޔުމަކީ މަސައްކަތް ނިންމި ކަމުގެ ލިޔުމަކަށް ވާންވާނެއެވެ. އަދި އެ ލިޔުމުގައި ކުރި މަސައްކަތާއި، މަސައްކަތް ހަވާލުކުރެވުނު ތާރީޙާއި، މަސައްކަތުގެ މުއްދަތު އެގެން އޮތުމާއި ) މުއްދަތު ނުވަތަ މަސައްކަތް ނިންމަޖެހޭ ތާރީޙް ނުވަތަ މަސައްކަތް ނިންމި ތާރީޚް އޮތުން ( އަދި މަސައްކަތުގެ މުޅި ޖުމްލަ އަގު އެގެންއޮންނަން ވާނެއެވެ. އަދި އެފަދަ ލިޔުމެއް ވާންވާނީ މި އިޢުލާނާއި ގުޅިގެން ކުރަންޖެހޭ މަސައްކަތާއި ގުޅުންހުރި ލިޔުމަކަށެވެ. އަދި ގިނަވެގެން ބަލާނީ 10 ލިޔުމަށެވެ. ހުށަހެޅި ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކުގެ އަދަދު / އެންމެ ގިނައިން ހުށަހަޅާފައިވާ ލިޔުންތަކުގެ އަދަދު 15
  • ވޭތުވެދިޔަ 3 މަހުގެ ބޭންކް ސްޓޭޓްމަންޓްގެ ބެލެންސް އަށް ހުށަހެޅި ވެލިޔު / ހުށަހެޅި އެންމެ މަތީ ވެލިޔު 5

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވަން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3340236 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

01 މާރިޗު 2022