އެސިސްޓެންޓް ޑިރެކްޓަރ
އެމް.އެސް 3
|
މަޤާމު:
ރޭންކް:
|
އެސިސްޓެންޓް ޑިރެކްޓަރ
|
ކްލެސިފިކޭޝަން
|
ތުރާކުނު ކައުންސިލްގެ އިދާރާ
ކޯޕަރޭޓް އެފެއާޒް
|
އޮފީސް / އިދާރާ
ސެކްޝަން
|
ތުރާކުނު ކައުންސިލްގެ އިދާރާ
-/7,035 ރުފިޔާ
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
މުސާރަ:
|
2,000.00 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
01
|
ބޭނުންވާ އަދަދު:
|
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ކައުންސިލްގެ މަޝްވަރާ އާއި ލަފާގެ މަތިން ކައުންސިލް އިދާރާގެ އިދާރީ މަސައްކަތްތައް އިންތިޒާމުކޮށް ރާވައި ހިންގުން.
- މުވައްޒަފުންނާ ގުޅޭ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބަލައި، އިޞްލާޙު ކުރަންޖެހޭ ކަންކަން އިޞްލާޙު ކުރުމާއި ފިޔަވަޅު އެޅުން. ނުވަތަ ފިޔަވަޅު އަޅަން އެންގުން.
- އިދާރީ އޮނިގަނޑުގައި ހިމެނޭ ސެކްޝަންތަކުގެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބަލައި، ގަވާއިދުން މޮނިޓަރ ކުރުމާއި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކޮށް އިޞްލާޙުކުރުން.
- މާލިއްޔަތު ޤާނޫނު ހިންގުމަށްޓަކައި ކައުންސިލަށް ބޭނުންވާ އެއްބާރުލުން ދިނުން.
- ކައުންސިލުން ފޯރުކޮށްދޭންޖެހޭ އެންމެހާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކައުންސިލަށް އެހީތެރިވެ އެއްބާރުލުން ދިނުން.
- ގަވާއިދުން މުވައްޒަފުންނާ ބައްދަލުކޮށް އޮފީހުގެ މަސައްކަތްތައް ހަރުދަނާކަމާއި ހަލުއިކަމާއެކު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުން.
- ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމުގައި ކައުންސިލަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން. އަދި ޙަވާލުކުރެވޭ މަސައްކަތް ތަކުގައި ޒިންމާވުން.
- ދިވެހި ސިވިލް ސަރވިސްގެ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އަދާކުރުން.
- އޮފީހުގެ މެންޑޭޑާއި ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިން އޮފީހުގެ ސްޓްރެޓެޖިކް ޕްލޭނާއި އޮފީހުން ހިންގުމަށް ރާވާ ޕްރޮޖެކްޓުތައް އެކުލަވާލުން.
- އޮފީހުގެ އިންޓަރނަލް ޕްރޮސިޖަރތަކާއި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް އެކަށައަޅަންޖެހޭ ގަވާއިދުތައް އެކުލަވާލުން.
|
މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އާއި، ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާނު ކުރުން އޮންނާނެ ތަނާއި ތާރީޚާއި ގަޑި، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 20 ދުވަހުގެ ތެރޭގައި އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކަށް ލިޔުމުން އެންގޭނެއެވެ.
|
އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު: |