ބީލަން
ނަންބަރު: (IUL)GS08/2022/16
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 12:53
ސުންގަޑި: 09 މާރިޗު 2022 14:00
ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯރމް ފެހުން

1 މިމަރުކަޒުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯރމް 2022 ވަނަ އަހަރުން ފެށިގެން ކުރިޔަށްއޮތް 05 އަހަރުގެ ނިޔަލަށް ފަހައި ދަރިވަރުންނަން ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2 މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރުމަށްފަހު 2022 މާރިޗް 01 އިން 2022 މާރިޗު 09 ވަނަ ދުވަހުގެ 14:00 ގެކުރިން [email protected]  އަށް މެއިލްކުރުމުން ރަޖިސްޓްރީ ކުރެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

3 މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 މާރިޗު 09 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4 މިބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލްވުން އޮންނާނީ 2022 މާރިޗު 10 ވަނަ ދުވަހުގެ 11:00 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުގައެވެ.

5 ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 މާރިޗު 15 ވަނަ ދުވަހުގެ 11:00 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުގައެވެ.

6 މިމަސައްކަތަށް ހުށަހަޅާ އަގު -/250000 (ދެ ލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާ އަށް ވުރެ ބޮޑުނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި 6611.93 ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

7 މިބީލަމާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ

8 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  ހއ. އަތޮޅު ތަޢުލީމީ މަރުކަޒު

  ޝާރިޢުލްއަމީނު މަގު، ދިއްދޫ، ދިވެހިރާއްޖެ.

  ފޯން:  6500014,

  އީ-މެއިލް: [email protected],mv

01 މާރިޗު 2022