ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)444-CO/444/2014/16
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 16:46
ސުންގަޑި: 31 އޮގަސްޓް 2014 14:30
ފުވައްމުލަކު މާލެގަން ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު:

ޖީ. އެސް. 3

ރޭންކް:

އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން:

ފުވައްމުލަކު މާލެގަން ކައުންސިލުގެ އިދާރާ

އޮފީސް / އިދާރާ:

ކޯޕަރޭޓް އެފެއާރޒް

ސެކްޝަން / ޔުނިޓް:

ފުވައްމުލަކު މާލެގަން ކައުންސިލުގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

4,465.00 ރުފިޔާ

މުސާރަ:

މަހަކު 1,500.00 ރުފިޔާ

ސަރވިސް އެލަވަންސް:

01 (އެކެއް)

ބޭނުންވާ އަދަދު:

-          އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

     ނުވަތަ

-          ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

1. އޮފީހަށް އަންނަ މައްސަލަތައް އެންޓްރީކޮށް ސެކްޝަންތަކަށް ޙަވާލުކުރުން.

2. ދުވަހު ޔައުމިއްޔާއާއި ބޮޑެތިކަންތައްތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

3. މުވައްޒަފުންނާ ބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

4. ކައުންސިލުގެ ޔައުމިއްޔާއާއި އަހަރީ ރިޕޯޓް ލިޔުމާބެހޭ ކަންތައްތައް ކުރުން.

5. އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުގަޑިއާއި ބަންދު ދުވަހުގެ ރިޕޯޓް ލިޔެ ބެލެހެއްޓުން.

6. އޮފީހުގެ މެޝިނަރީޒާއި އިންވެންޓްރީ ބެލެހެއްޓުން.

7. ހުކުރުނަމާދު، ޢީދުނަމާދު އަދި ކޭތަނަމާދާބެހޭ ކަންތައްތައް ކުރުން.

8. ދުވަހުން ދުވަހަށް ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

9. އޮފީހުގައި ގެންގުޅޭ ފޮތްތަކުގައި ގަނޑުލައި ނަންބަރު ޖަހައި ބެލެހެއްޓުން.

10. ޙަވާލުކުރެވިފައިވާ މަސައްކަތްތަކުގެ ލިޔެކިޔުންތައް ފައިލްކުރުމާއި ރިކޯޑު ބެލެހެއްޓުން.

11. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

31 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 14:30 ގެ ކުރިން ފުވައްމުލަކު މާލެގަން ކައުންސިލް އިދާރާއަށް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

އުޖޫރައާއި ޢިނާޔަތްތައް:

  މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ފުވައްމުލަކު މާލެގަން ކައުންސިލުގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  5. ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ސީވީ).

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ، އިންޓަވިއު އަދި ޕްރެކްޓިކަލްސް އަށް ބެލޭނެއެވެ.

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 07 ދުވަސް ތެރޭގައި އެންގޭނެއެވެ.

        މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6860007 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6860006 އެވެ.

23 ޝައްވާލު 1435

19 އޮގަސްޓް 2014