ވަޒީފާގެ ފުރުޞަތު
ނަންބަރު: GS79/IULAAN/2014/17
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 16:29
ސުންގަޑި: 31 އޮގަސްޓް 2014 14:00
އިހަވަންދޫ މަދަރުސާ
ދިވެހިރާއްޖެ
ލީޑިންގ ޓީޗަރ

މަޤާމުގެ ނަން: ލީޑިންގ ޓީޗަރ

މަޤާމު އޮތް އޮފީސް: އިހަވަންދޫ މަދަރުސާ

ބޭނުންވާ އަދަދު: 1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: އިހަވަންދޫ މަދަރުސާ/ ހއ. އިހަވަންދޫ

މަޤާމުގެ މަސްއޫލިއްޔަތު:

  • ޕްރިންސިޕަލްގެ އިރުޝާދުގެ ދަށުން ދަރިވަރުންނަށް ކިޔަވައިދިނުމާއި ގުޅޭ އެންމެހާ ކަންކަން ބެލެހެއްޓުން.
  • ޓީޗަރުންގެ ލެސަން ޕްލޭންތައް ޗެކުކުރުމާއި ޓީޗަރުން ކްލާސްރޫމުގައި ކިޔަވައިދެއްވާ ގޮތް ބެލުމާއި ޓީޗަރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމާއި އެކަމާގުޅޭ ފީޑްބެކް ދިނުން.
  • ޓީޗަރުންގެ އެސެސްމެންޓުތަކާއި ޓެސްޓް ޕޭޕަރުތައް ޗެކުކޮށް ގެންނަންފެންނަ ބަދަލުތައް ގެނެސް ޓެސްޓުތައް ކުރިއަށް ގެންދިއުން.
  • ޓީޗަރުންގެ ފެންވަރުބަލާ ފޯމުތައް ސިވިލް ސަރވިސްއިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ކަނޑައެޅިފައިވާ މުއްދަތުގައި ފުރުމާއި ރިވިއު ކުރަމުން ގެންދިއުން.
  • ދަރިވަރުންގެ ފެންވަރު މަތިކުރުމުގެ ގޮތުން ޙަރަކާތްތައް ރާވައި ހިންގުމާއި އެކަންކަމުގެ ރިކޯޑުތައް ބެލެހެއްޓުން.
  • ޓީޗަރުންގެ ފެންވަރު މަތިކުރުމަށާއި ފަންނީ ޤާބިލުކަން ކުރިއެރުވުމަށް ޕްރޮގުރާމުތައް ރާވައި ހިންގުން.
  • ދަރިވަރުން ސުލޫކީ މިންގަނޑުގައި ބޭތިއްބުމަށް ކަނޑައެޅިފައިވާ އުޞޫލުތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމާއި އެކަންކަމުގައި ދަރިވަރުންނަށާއި ބެލެނިވެރިންނަށާއި މުދައްރިސުންނަށް އެހީތެރިވުން.
  • ސްކޫލުގެ ވަޞީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށް ދަރިވަރުންގެ ނަތީޖާ ފެންވަރު މަތިކުރުމަށް މަސައްކަތް ކުރުން.
  • ލީޑިންގ ޓީޗަރ ބަލަހައްޓަވާ ގްރޭޑުތަކަށް ލިބެމުންދާ ކުރިއެރުންތަކާއި ދިމާވާ މައްސަލަތައް މަދަރުސާގެ އިސްވެރިންނާއި ހިއްސާކުރުމާއި ސީނިއަރ މެނޭޖްމެންޓުގެ ބައްދަލުވުންތަކުގައި ބައިވެރިވެ އެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުން.
  • މީގެ އިތުރުން ވަޒީފާ ބަޔާނުގައި ކަނޑައެޅިފައިވާ މަސައްކަތްތައް ގަވާއިދާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކުރުން.

 

މުސާރަ އާއި ޝަރުޠުތައް، ރޭންކު، ކްލެސިފިކޭޝަން އަދި މުސާރައާއި ޢިނާޔަތްތަކުގެ ތަފްސީލު

     ވަޒީފާގެ ހުނަރު/ ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު ސިވިލް ސާރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ތިރީގައި މިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

މަޤާމު

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ (މަހަކު)

ސަރވިސް އެލަވަންސް (މަހަކު)

ޓްރެއިންޑް ލީޑިންގ ޓީޗަރ

MS1

TSO2

- ޓީޗިންގ ސަރވިސް އޮފިސަރ 2 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

-/5610

-/2500

 

ގްރެޖުއޭޓް ލީޑިންގ ޓީޗަރ

MS2

TSO3

- ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

-/6295

ކޮލިފައިޑް ލީޑިންގ ޓީޗަރ

MS3

TSO4

- ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

-/7035

MS4

TSO5

-  ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

-/7875

EX1

TSO6

-  ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

-/8835

EX2

TSO7

-  ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

-/9890

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު ލިބިފައިވާ ފަރާތަކަށްވުން
  • ކޮމްޕިއުޓަރަށް އަހުލުވެރި މިންވަރު އަދި މި ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން
  • ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް އިންޓަވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު

މުސާރައިގެ އިތުރަށް ދެވޭ އުޖޫރަތައް: * އިތުރުގަޑީގެ މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

* މުސާރަ އާއި ސާރވިސް އެލަވަންސްގެ އިތުރަށް ޓެނުއަރޝިޕް އެލަވަންސްގެ ގޮތުގައި މަހަކު -/1000 ރުފިޔާ ލިބޭނެއެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ތިރީގައި ބަޔާންކުރެވިފައިވާ ތަކެތި ފުރިހަމަ ކުރެއްވުމަށްފަހު 2014 އޮގަސްޓް 31 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:                   

1. ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު

2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ސަރުކާރުގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައި)

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ، ސީވީ (ގުޅޭނެ ނަންބަރާއެކު)

5. ވަޒީފާގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯހާއި ވޯރކްޝޮޕްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ އަސްލު.

6. ސިވިލް ސާރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

7. ސިވިލް ސާރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެމުވައްޒަފުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާ އާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" ސިވިލް ސާރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު ވެސް މި ފޯމު ހުށަނާޅާފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ. އެކަމަކު މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުންކުރާ އިޢުލާނަކަށް ކުރިމަތިލާނަމަ، މި ފޯމު ހުށަހަޅާކަން ނުޖެހޭނެއެވެ.

8. މަސައްކަތުގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތައް. އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ ވަނަވަރުގައި ބަޔާންކޮށްފައިވާ ތަންތާގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

އިންޓަވިއު ކުރުމާއި އިމްތިޙާނު ކުރުން ބޭއްވޭނެ މުއްދަތު:

    މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 2014 ސެޕްޓެންބަރު 1 އިން 2014 ސެޕްޓެންބަރު 08 އަށް (މި މުއްދަތުގެ ތެރޭގައި) އޮންނާނެއެވެ.

ނޯޓް: އިންޓަވިއު ބޭއްވޭނެ ތަނަކާއި ގަޑި އަދި ތާރީޚު (މަތީގައިވާ ފޯވަހީގެ ތެރޭގައި) ފަހުން އެންގޭނެއެވެ.

އިތުރު މަޢުލޫމާތު: މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުންނާއި ސިވިލް ސަރވިސްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތޫ ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި، މި މަދަރުސާގެ ނަންބަރު 6500096 ފޯނާ ގުޅުއްވުން އެދެމެވެ.

25 ޝައްވާލު 1435

21 އޮގަސްޓް 2014