ދިވެހިރާއްޖެ
ނަންބަރ: ASND/PRC/IUL/2022/0020
މި ކުންފުނީގެ ބޭނުމަށް 20 ސްމާޓް ޓީވީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 03 ޖެނުއަރީ 2022 ގައި ކުރި ނަންބަރު
IUL-PROC-AS-2022-001 އިޢުލާނާ ގުޅިގެން ދެވިފައިވާ މަޢުލޫމާތަށް ބަދަލު އައިސްފައިވާތީ އެ އިޢުލާނު ބާޠިލުކޮށް އެތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާނުކުރަމެވެ.
ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 06 މާރޗް 2022 ގެ 15:00 ގެ ކުރިން ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް، [email protected] އަށް ކުންފުނީގެ ނަން، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަމްބަރު، އައިޑީ ކާޑު ނަމްބަރު އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ކުރުމަށް ފޮނުވާ އީމެއިލްގައި މި އިޢުލާން ނަމްބަރު ޖެއްސެވުން އެދެމެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް މި މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
10 މާރޗް 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހެޅުއްވުން އޮށްނާނެއެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ. އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން މި ދެންނެވި މީޓިންގގައެވެ.
ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.
28 ފެބްރުއަރީ 2022
ޕްރޮކިޔުމެންޓް ޔުނިޓް
ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ
އަމީނީ މަގު، މައްޗަންގޯޅި، 20375
މާލެ، ދިވެހިރާއްޖެ
އީމެއިލް: [email protected] ވެބްސައިޓް: www.aasandha.mv ފޯން: 3011418