ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: GRH/IU/2022/05
ޕަބްލިޝްކުރި ތާރީޚް: 28 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 15:07
ސުންގަޑި: 08 މާރިޗު 2022 13:00
ގަން ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް 2 އިލެކްޓްރޯ ސަރޖިކަލް ޔުނިޓް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް 2 އިލެކްޓްރޯ ސަރޖިކަލް ޔުނިޓް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

މި ހޮސްޕިޓަލުގައި ބޭނުންކުރުމަށް 2 އިލެކްޓްރޯ ސަރޖިކަލް ޔުނިޓް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚްގެ ކުރިން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވެލައްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް، މި އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

ރަޖިސްޓްރީ ވުމަށް ބޭނުންވާ ފޯމާއި، ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް އަދި 2 އިލެކްޓްރޯ ސަރޖިކަލް ޔުނިޓްގެ ސްޕެސިފިކޭޝަން މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ތާރީޚް

އަންދާސީހިސާބު ހުށަހެޅުމަށް

8 މާރިޗު 2022 (އަންގާރަ) ދުވަހުގެ 13:00 ގެ ކުރިން

10 މާރިޗު 2022 (ބުރާސްފަތި) ދުވަހުގެ 13:00 އަށް

 

އަދި ދަންނަވަމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ އެއްވެސް ފަރާތެއްގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6800794 ފޯނަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

28 ފެބުރުވަރީ 2022