ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)203-FINHUM/1/2014/14
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 16:11
ސުންގަޑި: 08 ސެޕްޓެންބަރު 2014 12:00
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އިންޖިނިއަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އިންޖިނިއަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް.އެސް 3،  ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރައާއި އިނާޔަތްތައް

މުސާރަ: -/7,035 ރ ، ސަރވިސް އެލަވަންސް: -/3,500 ރ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރުމުގެ ގޮތުން މުސާރައިގެ %35

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.)

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މާލެ/އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ/ވޯޓަރ އެންޑް ސެނިޓޭޝަން

ބޭނުންވާ އަދަދު

01

ޝަރުޠު

  1. ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ފެނާއި ނަރުދަމާ އާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ފެނާއި ނަރުދަމާ އާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ފެނާއި ނަރުދަމާ އާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  4. ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ފެނާއި ނަރުދަމާއާ ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ފެނާއި ނަރުދަމާއާ ބެހޭ ކަންކަމުގައި މި އެޖެންސީއަށް ޓެކްނިކަލް ލަފާ ދިނުމާއި ހެދިފައިވާ ޤާނޫނުތައް ތަންފީޒު ކުރުމަށް ބޭނުންވާ އެކިއެކި ގަވާއިދުތައް ހެދުމަށް އެހީތެރިވުން.

2. ރާއްޖޭގައި ޤާއިމުކުރުމަށް ހުށަހެޅޭ ފެނާއި ނަރުދަމާގެ ނިޒާމުތައް ޑިޒައިން ކުރެވިފައިހުރީ މި އޭޖެންސީން ޤަބޫލުކުރާ މިންގަނޑަށްތޯ ބެލުމާއި ފާސްކުރުން.

3. ސަރުކާރުން ނުވަތަ ސަރުކާރުން އެހީދީގެން ހިންގުމަށް ހުށަހަޅާ ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ސުޕަވައިޒްކުރުމާއި، ޕްރޮގްރެސް ރިޕޯޓުތައް ތައްޔާރުކުރުމާއި، ކޮންޓްރެކްޓަރ ހުށަހަޅާ (ޓެކްނިކަލް) ހުށަހެޅުންތައް ބަލައި އެކަމާބެހޭ ގޮތުން ލަފާދިނުން.

4. ރާއްޖެއަށް އެންމެ އެކަށޭނަ ފެނާއި ނަރުދަމާގެ ނިޒާމުތައް ތަރައްޤީ ކުރުމަށް މަސައްކަތް ކުރުން. ރާއްޖޭގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމުގައި ގެންގުޅޭނެ އުސޫލުތަކާއި މިންގަނޑުތަކެއް ކަނޑައެޅުން.

5. މި އެޖެންސީން ތަންފީޒު ކުރާ ޤާނޫނުތަކާއި ގަވާއިދުތަކަށް ރައްޔިތުންނާއި ވިޔަފާރި ކުންފުނިތައް އަހުލުވެރި ކުރުން.

6. ފެނާއި ނަރުދަމާގެ ޤާނޫނާއި ގަވައިދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާއި މަޢުލޫމާތު ނެގުމާއި، ލިޔަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން.

7. މި އޭޖެންސީން ދޫކުރަމުންދާ ފެނާއި ނަރުދަމާގެ ހުއްދަތަކާއި ފާސްކުރެވޭ ތަކެތި ފާސްކުރަމުން ދަނީ ހެދިފައިވާ ގަވާއިދުތަކަށްތޯ ބެލުން.

8. ފެނާއި ނަރުދަމާ ފަރުމާކުރާ އިންޖިނިއަރުންނަށާއި ފެން ވައިރުކުރާ މީހުންނަށް ލައިސަންސް ދޫކުރުމުގެ މަސައްކަތް ހިންގާ ރޭވުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޭޖެންސީގެ ނަންބަރު 3335949 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ތިމާވެއްޓާގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ފަރާތެއްކަމުގައިވުން.
  2. މައިކްރޯސޮފްޓް އޮފީސް ޕެކެޖަށް އަހުލުވެރި ވެފައިވާ ފަރާތެއްކަމުގައިވުން.
  3. ދިވެހި ބަހާއި، އިނގިރޭސި ބަހުން ފަރިތަކޮށް ވާހަކަ ދެއްކުމާއި ޓައިޕްކުރަން އެނގޭ ފަރާތަކަށްވުން.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މި އެޖެންސީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މި އޭޖެންސީގެ ވެބްސައިޓް www.epa.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ)  ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

  • ސުންގަޑި: 08 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއަށް.
  • މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި، އިޢުލާނުގެ މުއްދަތު ހަމަވާތާ 01 މަސްދުވަހުގެ (ބަންދު ދުވަސްތައް ނުހިމަނައި) ތެރޭގައި އެންގޭނެއެވެ.

                                         24  ޝައްވާލު  1435

20 އޮގަސްޓް 2014