ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-ED/248/2022/22
ޕަބްލިޝްކުރި ތާރީޚް: 28 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 10 މާރިޗު 2022 13:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިހަވަން ރަމަޟާން ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

އިހަވަން ރަމަޟާން ބާޒާރަކީ، ރަމަޟާންމަހާ ދިމާކޮށް، ރަށުގެ ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަތެއް ތަނަވަސްކޮށްދިނުމުގެ ގޮތުންނާއި، އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް ރަމަޟާންމަހަށް ބޭނުންވާ ސާމާނު ހެޔޮ އަގެއްގައި އެއްތަނަކުން ހޯދުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ބާޒާރެކެވެ.

ވީމާ، އިހަވަން ރަމަޟާން ބާޒާރު ގައި ސްޓޯލްތައް ބައިވެރި ކުރަން ބޭނުންވާ ފަރާތްތަކަށް، އެފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.  މި ބާޒާރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2022 މާރިޗު މަހުގެ 24 އިން 27 ގެ ނިޔަލަށެވެ. މިބާޒާރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 01 މާރިޗު 2022 އިން 10 މާރިޗު 2022 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 09:00 ން 13:00 އަށް މިއިދާރާއަށް ދުރުވެ ރަޖިސްޓަރީ ކުރެއްވުމަށް ދެންނެވީމެވެ. މި ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު  އަމިއްލަ ފަރާތްތަކަށާއި، ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަށް އޮންނާނެއެވެ.  އިހަވަން ރަމަޟާން ބާޒާރާއި ގުޅޭ އިތުރު މައުލޫމާތު ތިރީގައި އެވަނީއެވެ.

  1. އިހަވަން ރަމަޟާން ބާޒާރު ބޭއްވުމަށް ހަމަޖެހިފައިވަނީ ބަނދަރު ސަރަޙައްދުގައެވެ.
  2. އިހަވަން ރަމަޟާން ބާޒާރުގައި ބައިވެރިވުމުގެ ފީ -/1000 ( އެއްހާސް ރުފިޔާ )

ދިވެހި އުފެއްދުންތައް ވިއްކާ ފަރާތްތައް ބައިވެރިވުމުގެ ފީ -/500 ( ފައްސަތޭކަ ރުފިޔާ )

  1. އިހަވަން ރަމަޟާން ބާޒާރުކުރިއަށްދާނީ ހަވީރު 16:15 އިން 18:00 އަށް. އަދި ރޭގަނޑު 20:00 އިން 23:00 އަށް.
  2. ސުޓޯލްތަކަށް ބޭނުންވާ ކަރަންޓް އަދި ރޭގަނޑު ދިއްލުމުގެ އިންތިޒާމް ކައުންސިލްގެ ފަރާތުން ހަމަޖައްސައި ދެވޭނެއެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

28 ފެބުރުވަރީ 2022