މުބާރާތް
ނަންބަރު: (IUL)266-A/266/2022/26
ޕަބްލިޝްކުރި ތާރީޚް: 28 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:02
ސުންގަޑި: 20 މާރިޗު 2022 14:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ޤުރުއާން މުބާރާތް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން " ކުޅުދުއްފުށީ ޤުރުއާން މުބާރާތް "  ނަމުގައި 05، 06 އެޕްރީލް 2022 ގައި ޤުރުއާން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 20 މާރޗް 2022 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެދަރިވަރަކު ބައިވެރިވާ ސްކޫލް، ޤުރުއާން ކްލާސް އަދި ޔުނިވަރސިޓީ މެދުވެރިކޮށް މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ބައިވެރިވާ ސްކޫލް، ޤުރުއާން ކްލާސް އަދި ޔުނިވަރސިޓީތަކުން އެތަނަކުން ބައިވެރިވާ ފަރާތްތަކުގެ އެކްސެލް ލިސްޓެއް މިއިދާރާއަށް ފޮނުއްވުން އެދެމެވެ.

އަދި ހާފިޡުންގެ ބައިގައި ބައިވެރިވުމަށް އެދޭ އަމިއްލަ ފަރާތްތަކުން އަމިއްލަ ހައިސިއްޔަތުން ފޯރމް ހުށާހެޅުއްވުން އެދެމެވެ.

ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މީގެ އިތުރުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު މިއިދާރާގެ ވެބްސައިޓް www.kulhudhuffushicity.gov.mv  ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

28 ފެބުރުވަރީ 2022