މަސައްކަތް
ނަންބަރު: (IUL)404-ESMS/404/2022/11
ޕަބްލިޝްކުރި ތާރީޚް: 28 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 12:53
ސުންގަޑި: 17 ފެބުރުވަރީ 2022 13:00
ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.ހިތަދޫ ޕްރީސްކޫލްގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއްހޯދުމަށް

އިޢުލާން

 

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު

 

ލ.ހިތަދޫ ޕްރީސްކޫލުގެ ނުނިމިހުރިމަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމާބެހޭ

               2012 ވަނަ އަހަރު ލ.ހިތަދޫ ކައުންސިލުން ޢިމާރާތްކޮށްފައިވާ (ރާނާ ހިޔާކޮށް ސިމެންތިޖަހާފައިވާ) ޕްރީސްކޫލުގެ ނުނިމިހުރި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                   ވީމާ، މިމަސައްކަތް  އަމިއްލަތަކެތީގައިކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 މާރޗް 2022 ވާ ބުދަ ދުވަހު 13.00އަށް މިކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ، 17 މާރޗް 2022 ވާ ބުރާސްފަތި  ދުވަހުގެ 13.00 އަށް އަންދާސީ ހިސާބު  ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެބޭރުގައި" ލ.ހިތަދޫ ޕްރީސްކޫލް ނުނިމިހުރިމަސައްކަތްކުރުން" މިހެން ލިޔެފައި އޮންނަން ވާނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ،ފޮނުވަންވާނީ ސިޓީއަކާއިއެކުގައެވެ.އަދ ބަދަލުގައި ފޮނުވާފަރާތުގެ އައިޑީކާދުގެ އަސްލު ގެންނަންޖެހޭނެއެވެ. އަދި މައުލޫމާތު ސާފްކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. މިބީލަމުގައި ބައިވެރިވެވޭނީ ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ، ޕާރޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯން: 6800005

އީމެއިލް: [email protected]

                  ވީމާ، މިކަންޢާއްމުކޮށްއަންގަ އިޢުލާންކުރީމެވެ.

                  27 ރަޖަބު 1443

                                     28 ފެބްރުއަރީ 2022

 

                                          

 

                                                         އިބްރާޙީމް ޝަމްޢޫން

                                                         ކައުންސިލްގެ ރައީސް

28 ފެބުރުވަރީ 2022