ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-E/30/2022/75
ޕަބްލިޝްކުރި ތާރީޚް: 28 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 12:29
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ށ)ގެ ދަށުން ފަޅުރަށް ކުއްޔަށް ދޫކުރުމާބެހޭ އިޢުލާނު

ޤާނޫނު ނަންބަރު 98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ށ)ގެ ދަށުން ފަޅުރަށްރަށް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ރަށް ކުއްޔަށް ދޫކުރުމުގައި، އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގަވާއިދުގެ 5 ވަނަ މާއްދާގެ (ރ)ގެ (6) ވަނަ ނަންބަރުގެ ދަށުން އިތުރު ޝަރުޠުތައް ކަނޑައަޅައި އެކަން އަންގާ އިޢުލާނުކުރަމެވެ.  މިއުލާނާގުޅޭ އިތުރު މަޢުލޫމާތު ކަރުދާސް (އެނެކްސް 1) އެއްކަރުދާސް ކުރެވިފައި އެވަނީއެވެ. 

28 ފެބުރުވަރީ 2022