މަސައްކަތް
ނަންބަރު: (IUL)319/319/2022/9
ޕަބްލިޝްކުރި ތާރީޚް: 28 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 11:24
ސުންގަޑި: 10 މާރިޗު 2022 11:00
މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުއްސަލާމުގެ ފާރުތަކާއި ވަށާފާރުގެ ކުލަ ކަހާ ކުލަލުން

ބ.މާޅޮހު ހުކުރު މިސްކިތް، މަސްޖިދުއްސަލާމްގެ ފާރުތަކާއި ވަށާފާރުގައި ކުލަލާނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2022 މާރިޗް 07 ވާ ހޯމަ ދުވަހުގެ 11:00ށް މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2022 މާރިޗް 10 ވާ ބުރާސްފަތި ދުވަހުގެ 11:00ށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި އެކު މި މަސައްކަތުގެ މަޢުލޫމާތު ޝީޓު އާންމުކުރީމެވެ.

އަންދާސީހިސާބުތަށް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެ އުސޫލު:

- ހުށަހަޅާ އެސްޓިމޭޓްގެ އަގަށް: %85
- މަސައްކަތް ކޮށްދެވޭނެ ކަމަށް ބަޔާންކުރާ މުއްދަތަށް: ( ފަނަރަ އިންސައްތަ)

27 ރަޖަބު        1443

28 ފެބްރުއަރީ     2022

28 ފެބުރުވަރީ 2022