ދިވެހިރާއްޖެ
މި ކޮމިޝަނުގެ އޮފީސް ހިންގުމަށް ޢިމާރާތެއް ކުއްޔަށް ހިފުން
މި ކޮމިޝަނުގެ އޮފީސް ހިންގުމަށް 2500 އާއި 3500 އަކަފޫޓާ ދެމެދުގެ ތަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ، މިފަދަ ތަނެއް ކުއްޔަށް ދޫކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 7 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 13:30 އަށް ތިރީގައި ދެވިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މި ކޮމިޝަނަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި 7 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ކުއްޔަށް ދޫކުރާ އިމާރާތް ހުންނަންވީ ރަށް
މާލެ
ކުއްޔަށް ދޫކުރާ ޢިމާރާތާބެހޭ ތަފުސީލު
- ޢިމާރާތުގެ ބޮޑުމިން ބަޔާންކުރުން
- ޢިމާރާތުގެ ކުރެހުން
- ޢިމާރާތުގެ ފުރިހަމަ އެޑްރެސް
- ޢިމާރާތް ހުރި ސަރަޙައްދު ބަޔާންކުރުން
- ޢިމާރާތުގެ ކުލި ބަޔާންކުރުން (އަކަފޫޓަކަށް ޖެހޭ މިންވަރު އަދި ޖުމްލަ އަގު ހިމެނޭގޮތަށް)
- ޢިމާރާތް ކުއްޔަށް ދެވޭނެ މުއްދަތު
ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތުގައި ހުންނަންޖެހޭ ކަންތައްތައް
- ކުއްޔަށް ދޭތަނަށް މަގުމަތިން ވަކިން ވަދެވޭގޮތަށް ހުންނަންވާނެއެވެ.
- ކުއްޔަށް ދެނީ 2 ވަނަ ފަންގިފިލައިން ފެށިގެން މަތީ ފަންގިފިލައެއް ނަމަ ޢިމާރާތުގައި ލިފްޓް ހުންނަންވާނެއެވެ.
- ޢިމާރާތުގައި ބޭނުންކުރުމަށްޓަކައި ވަކި ކަރަންޓާއި ފެން މީޓަރު ހުންނަންވާނެއެވެ.
- ޢިމާރާތް ހުންނަންވާނީ އެއަރކޮންޑިޝަންކޮށްފައެވެ.
- ކުއްޔަށް ދޫކުރާ ޢިމާރާތުގައި މަދުވެގެން 3 ފާޚާނާ ހުންނަންވާނެއެވެ.
- ޢިމާރާތަކީ އޮފީސް ހިންގުމަށް ބޭނުންކުރެވޭ ގޮތަށް ކޮށްފައިވާ ޢިމާރާތަކަށް ވާންވާނެއެވެ.
- ކުއްޔަށް ދޫކުރާ ޢިމާރާތުގެ ފާރުތަކުގައި ރެނދުލުމާއި، ކުލަފޭބުމާއި، ޓައިލްސްތައް ފެޅުން ފަދަ ކަމެއް ހުރެގެންނުވާާނެއެވެ.
ހުށަހަޅަންޖެހޭ އިތުރު މަޢްލޫމާތު
- އަންދާސީހިސާބު ހުށަހަޅުއްވާއިރު، ކުއްޔަށް ދޫކުރާފަރާތާއި ޢިމާރާތާ ދެމެދު އޮތް ގުޅުން އެނގޭނޭ ފަދަ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި ކުއްޔަށް ދޫކުރާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
މި ބިޑާ ގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި މިވަނީއެވެ.
- އަގު: %55
- ޢިމާރާތްކުރެވިފައިވާ ސަރަޙައްދު % 10
- ޢިމާރާތުގެ ޢުމުރު: % 10
- އޮފީސް ހިންގުމަށް އެކަށީގެންވާ މިންވަރު: %25