މަސައްކަތް
ނަންބަރު: ( IUL )241-A/241/2022/3
ޕަބްލިޝްކުރި ތާރީޚް: 28 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 09:25
ސުންގަޑި: 20 މާރިޗު 2022 00:00
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިދާރާގެ ރަސްމީ އާ ލޯގޯ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުން

                                                 ނަންބަރ. (IUL)241-A/241/2022/3   

                                                     

އިޢުލާން

މިއިދާރާގެ  ރަސްމީ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން.   

                    މިއިދާރާގައި ބޭނުންކުރުމަށް އާ ލޯގޯއެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. މިކަމަށް އެދި ޝައުގުވެރިވާ ފަރާތްތަކުން 09 މާރޗް 2022ވާ ބުދަ  ދުވަހުގެ 13.00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފްކުރުމަށްފަހު އެކަން ކޮށްދެވޭނެ އަގެއް ބަޔާންކޮށް  ލޯގޯ ފަރުމާކޮށްދިނުމަށް އެދި ހުށަހަޅާ ޕްރޮޕޯސަލް 20 މާރޗް 2021ވާ އާދީއްތަ ދުވަހުގެ 13.00 އަށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ލޯގޯ ފަރުމާކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން ރަށުން ބޭރުގައި ތިއްބެވި ފަރާތަކުން މައުލޫމާތު ސާފްކުރަން ކަނޑައެޅިފައިވާ ތާރީޚްގައި ތިރީގައި މިދަންނަވާ ފަރާތަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރުމުގެ ފުރުޞަތު ހުޅުވިފައި އޮންނާނެއެވެ. ގަޑި ޖެހިގެން މަޢުލޫމާތު ސާފްކުރުމަށް ގުޅުއްވާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށް ނުދެވޭނެވާހަކަދެންނެވީމެވެ.

ނަން. އަޒީމާ ޙަސަން

ގުޅޭނެ މޮބައިލް ނަންބަރ. 7766321

                 މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅަންވާނީ ކުންފުނިތަކަށާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެ ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުންނެވެ. ލޯގޯ ފަރުމާކުރުމުގެ މަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބްތައް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ. ނަމަވެސް ގަޑިޖެހިގެން އަންދާސީ ހިސާބް ހުށަހަޅާ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. 

ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާގޮތް

  • ހުށަހަޅާ އަގަށް                    50%
  • މާލީ ތަނަވަސްކަން                  15%
  • ހުށަހަޅާ ޑިޒައިނަށް                  35%  

                މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިއުލާންކުރީމެވެ. .

                27 ޞަފަރަ    1442        

                28  ފެބުރުއަރީ  2022                    

 

28 ފެބުރުވަރީ 2022