ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-E/13/2014/272
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 14:38
ސުންގަޑި: 04 ސެޕްޓެންބަރު 2014 14:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ

މަޤާމު:

ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ  (އެމް.އެސް 2)

ބޭނުންވާ އަދަދު:

1

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ:

-/6,295 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

ކ. މާލެ

ސެކްޝަން:

އައި.ސީ.ޓީ. ސެކްޝަން  

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި ކޮމްޕިއުޓަރ ޕްރޮގްރާމިންގ، ބިޒްނަސް އިންފޮމޭޝަން ސިސްޓަމް، އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ( މީގެ ތެރޭގައި ކޮމްޕިއުޓަރ ޕްރޮގްރާމިންގ، ބިޒްނަސް އިންފޮމޭޝަން ސިސްޓަމް، އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މ މީގެ ތެރޭގައި ކޮމްޕިއުޓަރ ޕްރޮގްރާމިންގ، ބިޒްނަސް އިންފޮމޭޝަން ސިސްޓަމް، އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ( މީގެ ތެރޭގައި ކޮމްޕިއުޓަރ ޕްރޮގްރާމިންގ، ބިޒްނަސް އިންފޮމޭޝަން ސިސްޓަމް، އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1.  މިނިސްޓްރީއަށާއި ޕަބްލިކް އެކައުންޓިންގ ސިސްޓަަމަށް ބޭނުންވާ ހާޑްވެއަރ އިކުއިޕްމަންޓްސް އާއި ހާޑްވެއަރއަށް ބޭނުންވާ އޮޕަރޭޓިންގ ސިސްޓަމްތަކުގެ އެނަލިސިސް ހެދުމާއި ރިކުއަރމެންޓް ލިސްޓް އައި.ސީ.ޓީ ޑިވިޝަން ހެޑްގެ ލަފަޔާއެކު ތައްޔާރުކުރުމާއި، އެފަދަ މަޢުލޫމާތު ރިކޯޑުކޮށް ބެލެހެއްޓުން.
  2. ހާޑްވެއަރ އަދި އޮޕަރޭޓިންގ ސިސްޓަމް ހޯދުމަށް ކުރެވޭ އިޢުލާންތަކާ ގުޅިގެން ހުށަހެޅޭ ބިޑުތަކުގެ ޓެކްނިކަލް އިވެލުއޭޝަން ދިރާސާކުރުމާއި އައި.ސީ.ޓީ ޑިވިޝަން ހެޑަށް ރިޕޯޓްކުރުމާއި ރިކޮމެންޑޭޝަން ދިނުން.
  3. މިނިސްޓްރީއާއި ޕަބްލިކް އެކައުންޓިންގ ސިސްޓަމަށް ބޭނުންވާ އެޕްލިކޭޝަން ޑިވެލޮޕް ކުރުން.

އުޖޫރައާއި އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރުމުގެ ގޮތުން މުސާރައިގެ %35 އެލަވަންސެއްގެ ގޮތުގައި ދެވޭނެއެވެ.

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން.  
  • އައި.ޓީ ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު
  • ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައި)
  3. ވަނަވަރު  / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު
  4. އެހެން ވަޒީފާއެއްގައި އުޅުއްވާ ބޭފުޅެއްނަމަ، އަދި ސަރުކާރަށް ޚިދުމަތް ކުރުމަށް ބޮންޑު ކުރެވިފައިވާ މުވައްޒަފެއްނަމަ، މި މިނިސްޓްރީގެ ވަޒީފާއަށް ހޮވިއްޖެނަމަ، މިހާރު ވަޒީފާ އަދާކުރައްވާ އޮފީހެއްގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

ސުންގަޑި:

04 ސެޕްޓެންބަރު 2014 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349171/3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ހަފުތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލާއި އިމްތިޙާން ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

23 ޝައްވާލު 1435

19 އޮގަސްޓް 2014