ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)166/166/2014/108
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 04 ސެޕްޓެންބަރު 2014 14:30
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މަޤާމު

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މުއްދަތު

03 މަސް ދުވަސް

އަދަދު

01

މުސާރަ

މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/270 ރުފިޔާ (ދުވާލަކު 7 ގަޑިއިރު) އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ތަޢުލީމާ ތަޖުރިބާ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  4. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

ކުރަންޖެހޭ މަސައްކަތް

- އެކްސްޕެންޑިޗަރ ސްޓޭޓްމަންޓުތައް ކްރޮސްޗެކުކުރުން.

- ރީޕޭމަންޓް ހަދަންޖެހޭ ދަރިވަރުންގެ ޑޭޓާބޭސް އަޕްޑޭޓުކުރުން.

- ރީޕޭމަންޓް ދައްކަންޖެހި ނުދައްކާ ފަރާތްތަކާއި، ދައްކަން ފެށުމަށްފަހު މެދުކެނޑި ނުވަތަ ގަވާއިދުން ނުދައްކާ ފަރާތްތަކަށް ރިމައިންޑަރ ފޮނުވުމާއި ރީޝެޑިއުލް ކުރަން ޖެހޭނަމަ ރީ ޝެޑިއުލްކުރުން.

- ބަޖެޓް ސެކްޝަންގެ ލިޔެކިޔުންތައް ފައިލްކޮށް ފައިލިންގ ސިސްޓަމް އަޕްޑޭޓުކޮށް ބެހެލެއްޓުން.

- ބަޖެޓް ސެކްޝަނަށް އަންނަ ސިޓީތަކަށް ޖަވާބު ދިނުން.

- އެކައުންޓް ސްޓޭޓްމަންޓުތައް ތައްޔާރު ކުރުން.

- ރީޕެންމަންޓާ ގުޅޭ ހުރިހާ މަސައްކަތެއް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު

- ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލުމަށް ޓެސްޓެއް ދިނުން

- މަސައްކަތުގެ ދާއިރާގައި ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރު ކުރުމާއި، މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވާ މިންވަރު ވަޒަން ކުރުމަށްޓަކައި، އިންޓަވިއު ކުރުން

ހުށަހަޅަންޖެހޭ ތަކެތި

ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ޑިޕާރޓްމަންޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ).

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) ކޯހެއްގެ ސެޓުފިކެޓު ލިބިފައިނުވާނަމަ ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކޯހެއް އެކްރެޑިޓް ކުރެވޭ ލެވަލް ބަޔާންކޮށްދޭ ލިޔުން.

ރ- މަސައްކަތުގެ ތަޖުރިބާ އަށް މާކްސް ދިނުމަށް ހަމަޖެހިފައިވާތީ އެކަން ދެނެގަތުމަށް، މަސައްކަތް ކުރައްވާފައިވާ ނުވަތަ ކުރައްވަމުން ގެންދަވާ އިދާރާތަކުން ހޯއްދަވާފައިވާ ލިޔުން. މިފަދަ ލިޔުންތަކުގައި ކުރެއްވި މަސައްކަތް އަދި މުއްދަތު އެނގެން އޮންނަންވާނެއެވެ. މިލިޔުން ތަކުގައި ވަޒީފާ އަދާކުރައްވަން ފެއްޓެވި އަދި ވަކިވި ދުވަސް/މަސް/އަހަރު ވެސް އެގެން އޮންނަންވާނެއެވެ.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ސުންގަޑި

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން / ހ. ވެލާނާގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 04 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

އިންޓަވިއު

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކާއި ކުރެވޭ އިންޓަވިއު އޮންނާނީ 07-11 ސެޕްޓެންބަރު 2014 ދެމެދުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނެ ނަންބަރަކީ 3341307، 3341303 އެވެ.

25 ޝައްވާލު 1435

21 އޮގަސްޓް 2014