ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)142-C2/142/2022/77
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި: 03 މާރިޗު 2022 13:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމާގުޅޭ

އިޢުލާން

           ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް މި މިނިސްޓްރީގެ ނަންބަރު  (IUL)142-C2/142/2022/67 10 ފެބުރުވަރީ 2022 ގެ އިޢުލާނު ގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު 03 މާރިޗު 2022 ވާ ބުރާސްފަތި ދުވަހު 13:00 ގެ ނިޔަލަށް އިތުރުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.  ޕްރޮޕޯޒަލް ހުށަހެޅޭނީ ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމާ ބެހޭގޮތުން 9 ފެބުރުވަރީ 2022 ވީ ބުދަ ދުވަހު ގެޒެޓް ކޮށްފައިވާ "ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު"ގެ 5 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠު ފުރިހަމަވާ ކުންފުނިތަކަށެވެ. ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ  ޕްރޮޕޯޒަލްފޮތް މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ޕްރޮޕޯޒަލް ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދު ކުރެއްވުމަށްފަހު ސިޓީއުރައިގެ ބޭރުގައި ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" މިހެން ލިޔެފައެވެ. ޕްރޮޕޯޒަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 27 ފެބުރުވަރީ 2022 ވާ އާދީއްތަ ދުވަހުން ފެށިގެން 03 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މި މިނިސްޓްރީގެ ކައުންޓަރުންނެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

26 ރަޖަބު 1443

 

27 ފެބުރުވަރީ 2022