ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)365-MS/2022/8
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:04
ސުންގަޑި: 27 ފެބުރުވަރީ 2022 00:20
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2022 ފެބްރުއަރީ މަހު ރައްޔިތުންގެ ބައްދަލުވުމުގެ ދައުވަތު

އިޢުލާން

ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު

ޤާނޫނު ނަންބަރު 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 110 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގައި ބާއްވާ ރައްޔިތުންގެ ބައްދަލުވުން، 27 ފެބްރުއަރީ 2022 ވާ އާދީއްތަ ދުވަހުގެ ރޭ 20:30 ގައި މ.އަތޮޅު ތައުލީމީ މަރުކަޒުގައި އޮންނާނެއެވެ.   

ވީމާ މިބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް މުލީގެ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.          

20 ފެބުރުވަރީ 2022