ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)-BCC/AM/2022/01
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 19:15
ސުންގަޑި: 10 މާރިޗު 2022 15:00
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ އިންޓަރނޭޝަނަލް ޑިޕާޗަރ ޓާމިނަލްގައި ގާއިމުކުރާ އޮތެންޓިކް މޯލްޑިވްސް ފިހާރައިގައި ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ކުދި ވިޔަފާރިތަކަށް ހުޅުވާލުން

އިޢުލާން

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ އިންޓަރނޭޝަނަލް ޑިޕާޗަރ ޓާމިނަލްގައި ހުޅުވުމަށް ހަމަޖެހިފައިވާ ފިހާރައިގައި ތަކެތި ވިއްކަން ބެހެއްޓުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ. މިއީ ދިވެހި އުފެއްދުންތައް އުފައްދާ ފަރާތްތަކަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދު ފަންތީގެ ސިޔާސަތުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރިއެރުވުމުގެ މަގްސަދުގައި އަދި އެފަދަ ފަރާތްތަކަށް ތަކެތި ވިއްކަން ފަހި މާހައުލެއް ގާއިމު ކުރުމުގެ ގޮތުން ބީސީސީ އިން ކުރަމުންދާ މަސައްކަތެކެވެ. މިކަމާއި ބެހޭ އެންމެހައި މައުލޫމާތު މިއިއުލާނާއިއެކު ހިމަނާފައިވާނެއެވެ.

 މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 10 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން މިކަމަށް އެދި އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔެކިއުންތައް، ތިރީގައިވާ އެޑްރެސްތަކަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

މިކަމާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި އެޕްލިކޭޝަން ފޯމް ހުށަޅާނީ:

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ), ފުރަތަމަ ފަންގިފިލާ، މ.ކަނީރުވިލާ، އޯކިޑް މަގު، މާލެސިޓީ ނުވަތަ؛

ހިތަދޫ ބިޒްނަސް ސެންޓަރ، އަސޭނާ-4، ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުމަގު، އައްޑޫސިޓީ ހިތަދޫ

ފޯން: 3305555

އީމެއިލް: [email protected] 

 

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

24 ފެބުރުވަރީ 2022