ބީލަން
ނަންބަރު: (IUL)266-PR/266/2022/22
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 17:06
ސުންގަޑި: 17 މާރިޗު 2022 11:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާއަށް ޓެންޓް، ފޯލްޑަބަލް ގޮނޑި އަދި މޭޒު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާއަށް ޓެންޓް، ފޯލްޑަބަލް ގޮނޑި އަދި މޭޒު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 07‏ މާރޗް‏ 2022‏ (ހޯމަ) ދުވަހުގެ  14:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން، މިއިދާރާގެ ނަމްބަރ 6527177 ނުވަތަ 6527166 އަށް ގުޅުއްވައިގެން، އޮންލައިންކޮށް ތިރީގައިވާ ލިންކް ނުވަތަ ކިއު އާރު ކޯޑުގައިވާ ފޯމް ހުށަހެޅުން އެދެމެވެ.

ލިންކް: https://forms.office.com/r/E3dSa2xt6J

ތަފްސީލް

ތާރީޚް

ގަޑި

ރަޖިސްޓަރ ވުމުގެ ސުންގަޑި

‏07‏ މާރޗް‏ 2022‏ (ހޯމަ‏)

14:00

މަޢުލޫމާތު ދިނުން

‏08‏ މާރޗް‏ 2022‏ (އަންގާރަ‏)

11:00

އަންދާސީ ހިސާބު ހުށަހެޅުން (ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ)

‏17‏ މާރޗް‏ 2022‏ (ބުރާސްފަތި‏)

11:00

 

 

މަޢުލޫމާތު ދިނުން އޮންލައިންކޮށް ޒޫމް އެޕްލިކޭޝަން މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ. އަދި އޮންލައިންކޮށް ބައިވެރި ނުވެވޭނެ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ސެޝަންގައި ބައިވެރި ވެލެއްވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބިޑްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޕްރީ ބިޑް (މަޢުލޫމާތު ސެޝަން) ގައި ބައިވެރިވަޑައި ނުގެންނެވި ކަމުގައިވިޔަސް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައި ގަންނަވާނެއެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ބީލަންތައް އިވެލުއޭޓު ކުރުމުގައި ރަށާއި އަތޮޅުގެ ބީލަންވެރިންނަށް އިސްކަންދެވޭނެއެވެ.

24 ފެބުރުވަރީ 2022