ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 2003/1 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ވިދިވިދިގެން 2 އަހަރު ވަންދެން އަހަރީ ރިޕޯޓާއި އަހަރީ ހިސާބު ހުށަހަޅާފައިނުވާ ޖަމްޢިއްޔާތަކާއި، ހިންގާ ކޮމިޓީގެ މުއްދަތު ހަމަވުމުން ކުރިއަށް އޮތް ދައުރަށް ހިންގާ ކޮމިޓީ އިންތިޚާބުކުރުމަށްފަހު މި މިނިސްޓްރީއަށް ހުށަނާޅާ 2 އަހަރުވެފައިވާ ވަރަށް ގިނަ ޖަމްޢިއްޔާތަކުން ޖަމްޢިއްޔާ ހިންގުމަށް އިތުރު ފުރުޞަތެއް ހޯދުމަށް އެދެމުންދާތީ 20 އޮގަސްޓު 2014 އިން ފެށިގެން 31 ޑިސެންބަރު 2014ގެ ނިޔަލަށް އަލުން ޤާނޫނާއި ގަވާއިދަށް ރުޖޫޢު ވުމަށް ފުރުޞަތެއް ދިނުމަށް ނިންމައިފީމެވެ.
ވީމާ، މި މުއްދަތުގެ ތެރޭގައި ވޭތުވެ ދިޔަ 2 އަހަރުގެ އަހަރީ ރިޕޯޓާއި ހިންގާ ކޮމިޓީ -/1500 ރުފިޔާގެ ޖޫރިމަނާއާއެކު ހުށަހެޅުއްވުން އެދެމެވެ. އަދި މި މުއްދަތުގެތެރޭގައި ހިންގާކޮމިޓީއާއި، އަހަރީ ރިޕޯޓާއި އަހަރީ ހިސާބު ހުށަނާޅާ ކުލަބް ޖަމްޢިއްޔާތަކުގެ ނަން ޖަމްޢިއްޔާތަކުގެ ދަފްތަރުން އުނި ކުރެވޭނެ ކަމުގައި ދަންނަވަމެވެ. ނަމަވެސް ޖަމްޢިއްޔާތައް ހިންގުމަށް ކުރިން ފުރުޞަތު ދެވި އެ ފުރުޞަތުގެ ބޭނުން ނުހިފާ ލިޔެކިޔުންތައް ހުށަނާޅާ ހުރި ޖަމްޢިއްޔާތަކަށް އަލުން ފުރުޞަތެއް ދެވެން ނެތް ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
24 ޝައްވާލު 1435