ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-D/266/2022/23
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:38
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށިން ފުރާނާފައިވާ ކަޅުވެލި އާންމުންނަށް ދޫކުރުން

ކުޅުދުއްފުށީ ކުނިކޮށިން ކަޅުވެލި ދޫކުރުން ވަނީ 24 ފެބްރުއަރީ 2022 އިން ފެށިގެން އަލުން ހުޅުވާލެވިފައެވެ. އެގޮތުން ވެލި ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެދުވަހެއްގެ ހެނދުނު 06:00 އިން 11:00އަށެވެ. މިވަގުތުތަކުގައި ކަޅުވެލި ދޫކުރުމަށް ހަމަޖެހިފައިވަނީ ކަޅުވެއްޏަށް އެދި ކައުންސިލްގައި ނަން ނޯޓް ކޮށް ހުއްދަ ހޯދާ ފަތާތްތަކަށެވެ. މިގޮތުން ހުއްދަ ހޯދުމަށް ރަސްމީގަނޑީގައި ކައުންސިލް އިދާރާއަށް ވަޑައިގަންނަވާ އިޤްރާރުގައި ސޮއިކުރެއްވުމަށް ދަންނަވަމެވެ.

ވެލި ގެންދަންވާނީ ކުނިކޮށި ހުސްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ވެމްކޯގެ މުވައްޒަފުންގެ ބެލުމުގެ ދަށުން އެ ބޭފުޅުންގެ މަސައްކަތަށް ދަތި ނުވާނޭގޮތަށެވެ. ވެލި ނެގުން ހަމަޖެހިފައިވަނީ ގޯނި ނުވަތަ ބަރޯފަދަ ތަކެތީގައި އަމިއްލައަށް ވެލި ބަރުކޮށް ގެންދާގޮތަށެވެ. ކުނިކޮށިން ގެންދެވޭ ވެއްޔަށް އެއްވެސް އަގެއް ދައްކަން ނުޖެހޭނެ ކަމުގައި ވެސް ދަންނަވަމެވެ. އަދި ކުނި ކޮށިން ގެންދެވޭ ވެލި މަގުތައް އަދި އާންމުއެއްވެސް ތަނެއްގައި ބެހެއްޓުމަކީ މަނާ ކަމެއް ކަމުގައި ދަންނަވަމެވެ.

24 ފެބުރުވަރީ 2022