މަސައްކަތް
ނަންބަރު: (IUL)417-CA/417/2022/27
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:35
ސުންގަޑި: 03 މާރިޗު 2022 13:15
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ވަނަ އަހަރު ރަމަޟާން މަހު، ތަރާވީހް ނަމާދު ކުރުމަށް ގެނެވޭ ޙާފިޡުގެ ކެއުމާއި ހުރުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން؛

މި އިޢުލާނާއިއެކު އާންމުކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް، 1443 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުލް ފުރުޤާނުގައި ހިފްޛްކޮށް އިމާމުވެ ތަރާވީހް ނަމާދު ކުރުމަށް ގެނެވޭ ހާފިޡުގެ ހުރުމާއި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، ހާފިޡުގެ ކެއުމާއި ހުރުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، 2022 މާރިޗު 03 ވަނަ ދުވަހުގެ 13:15 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއިދާރާގެ މީޓިން ރޫމްގައެވެ. މަޢުލޫމާތު ކަރުދާސް މިކައުންސިލް އިދާރާއިން ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ނޯޓިސް ބޯޑުގައި ޢާއްމުކޮށް ފެންނާނެހެން ބެހެއްޓިފައިވާނެއެވެ.

24 ފެބުރުވަރީ 2022