ބީލަން
ނަންބަރު: (IUL)291/291/2022/06
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:26
ސުންގަޑި: 07 މާރިޗު 2022 11:00
މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި މެނޭޖްކުރުމުގެ މަސައްކަތް އައުޓްސޯސްކުރުމާއި ގުޅޭ:

 

                  `

                  އިޢުލާން

            މިލަދުންމަޑުލު ދެކުނުބުރީ ޅޮހި ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް، ނ.ޅޮހި ކުނިކޮށި ބަލަހައްޓައިދީ ރަށުގެ ގޭބިސީ ތަކުން ކުނިނަގައި ނައްތާލުމުގެ މަސައްކަތް ކޮންޓެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

            މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2022) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

            ވީމާ، މިމަސައްކަތް 1 (އެއް) އަހަރު ދުވަހުގެ މުއްދަތަށް ކޮށްދިނުމަށް ޝައުޤުވެރިވާފަރާތްތަކުން  2022 ފެބްރުއަރީ 28 ވާ ހޯމަ ދުވަހުގެ 11:00 ށް ޅޮހިކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2022 މާރިޗް 07 ވާ ހޯމަ ދުވަހުގެ 11:00 ށް މި އިދާރާއަށް ދުރުވެ ބީލަން ހުށައެޅުއްވުން އެދެމެވެ. ކުންފުންޏެއްގެ ފަރާތުން ނުވަތަ އެހެންމީހެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ ބީލަން ހުށައެޅުއްވުމަށް ދުރުވާނަމަ އެމީހަކު ތަމްސީލްކުރާ ފަރާތެއްގެ ސިޓީއެއް ހުށައަޅަންވާނެއެވެ.

            އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރ 6560032 ނުވަތަ 9984021 އަށް ގުޅުއްވުން އެދެމެވެ.

24 ފެބުރުވަރީ 2022