ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)238-A/238/2022/1
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި:
02 މާރިޗު 2022 14:00
ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި އިދާރާއިން ދެމުންގެންދާ ލައިސަންސް އިމްތިހާނުގެ އަމަލީ އިމްތިހާނު ހަދައިދޭނޭ އެގްޒެމިނަރުން ހޯދުން
އިއުލާން
މި އިދާރާއިން ދެމުންގެންދާ ލައިސަންސް އިމްތިހާނުގެ އަމަލީ އިމްތިހާނު ހަދައިދޭނޭ އެގްޒެމިނަރުން ހޯދުން :
މި އިދާރާއިން ދެމުން ގެންދާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް އިމްތިހާނުގެ އަމަލީ އިމްތިހާނު ދިނުމަށް ބޭނުންވާ އަންހެން އަދި ފިރިހެން އެގްޒެމިނަރުން ހޯދަން ބޭނުންވެއެވެ.
ވީމާ ، ކޮންޓްރެކްޓް އުސޫލުން މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ، 02 މާރިޗް 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ، އައިޑީ ކާޑުގެ ކޮޕީއާއި ، ލައިސަންސްގެ ކޮޕީއާއެކު މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. އީ މެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށް ނުވަތަ [email protected] އަށެވެ.
24 ފެބުރުވަރީ 2022