ނީލަން
ނަންބަރު: (IUL)377/377/2022/5
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:52
ސުންގަޑި: 06 މާރިޗު 2022 13:00
ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
128 ކިލޯވޮޓްގެ 1 ޖަނަރޭޓަރ ސިޓީލާ ނީލަމުގައި ވިއްކާލުން

 

  ފޯން: 6760047

އީމެއިލް: [email protected]

 

 

ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ.

ރިނބުދޫ. ދ.   

         ދިވެހިރާއްޖެ.                                   ނަމްބަރ:(IUL) 377/377/2022/5

 

              

އިޢުލާން

 
   

 

 

 

128 ކިލޯ ވޮޓްގެ 1 ޖަނަރޭޓަރ ސިޓީލާ ނީލަމުގައި ވިއްކާލުން.

 

 

މި އިދާރާގެ ބެލުމުގެ ދަށުގައިވާ ބޭނުންކޮށްފައިވާ 1 ޖަނަރޭޓަރ ސިޓީލާ ނީލަމުގައި ވިއްކާލުމަށް ނިންމައިފީމެވެ. ނީލަން ފެށޭއަގަކީ 10,000/-ރ (ދިހަހާސް ރުފިޔާ) އެވެ. ހުށަހަޅާ އަގަށް ފަހަރަކު އިތުރުކުރެވޭ އެންމެ ކުޑަ އަގަކީ 500/-ރ (ފަސްސަތޭކަ ރުފިޔާ) އެވެ.

ކޮންމެ ދުވަހަކު 13:00 އާ ހަމައަށް ހުށަހަޅާ އެންމެ މަތީއަގު އެދުވަހެއްގެ 14:00 ގައި ކައުންސިލްގެ ފޭސްބުކް ޕޭޖާއި ނޯޓިސްބޯޑް ގައި އާއްމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާ އަގު ޖެހިޖެހިގެން ރަސްމީ ދެ ދުވަހު (48 ގަޑިއިރު) އެއް އަގެއް އޮވެއްޖެނަމަ އެ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލެވޭނެއެވެ. ޖަނަރޭޓަރ އާބެހޭ މައުލޫމާތު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6760047 ނުވަތަ 7503097 އަށް ގުޅުއްވުން އެދެމެވެ.

ނީލަން ކާމިޔާބުކުރާ ފަރާތަށް ޖަނަރޭޓަރ ދޫކުރެވޭނީ ނީލަން ނިމޭތާ 15 ދުވަސްތެރޭގައި މި ކައުންސިލަށް ފައިސާ ދެއްކެވުމުންނެވެ.

ވީމާ، ނީލަމުގަިއ ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 27 ފެބްރުއަރީ 2022 ވާ އާދީއްތަ ދުވަހުގެ 9:00 ން ފެށިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހެޅުމަށް ހުޅުވާލެވޭ ތާރީޚުން ފެށިގެން ޖެހިޖެހިގެން ސަރުކާރު ބަންދު ނޫން 7 ދުވަހުގެ ތެރޭގައި އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިވުމަށް އަގު ހުށަހަޅާފައި ނުވާނަމަ އެތާރީޚުން ފެށިގެން މި އިޢުލާން ބާތިލްވާނެއެވެ. ނީލަމުގައި ބައިވެރިވުމަށް އަގު ހުށަހަޅުއްވާނީ NL-04 ފޯމުންނެވެ. އީމެއިލް ކުރައްވާނަމަ rinbudhoo.gov.mv@info އަށް މެއިލް ކުރެއްވުން އެދެމެވެ. ނީލަމަށް އަގުހުށަހަޅާ ފޯމް މި އިދާރާއިންނާއި މި އިދާރާގެ ފޭސްބުކްޕޭޖް އިން ލިބިވަޑައިގަންނަވާނެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

23 ރަޖަބް 1443 ހ.

24 ފެބްރުއަރީ 2022 މ.

 

 

 

 

24 ސެޕްޓެންބަރު 2021