ކުއްޔަށް ދިނުން
ނަންބަރު: (IUL)353/2022/7
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 12:42
ސުންގަޑި: 15 މާރިޗު 2022 13:00
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދުން 2430 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުން

އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ

ދިގުރަށް، ދިވެހިރާއްޖެ.

(IUL)353/2022/7

އިޢުލާނު

ބަނދަރު ސަރަޙައްދުން 2430 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުން

އދ. ދިގުރަށު ބަނދަރު ސަރަޙައްދުން (ބަނދަރު ހިޔާގެ އުތުރުން) 2430 އަކަފޫޓްގެ ބިމެއް، ހޮޓާ ކެފޭ ރެސްޓޯރަންޓް ހިންގުމަށް، 20 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

ވީމާ، ބިން ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބިން ކުއްޔަށް ދިނުމާބެހޭ މަޢުލޫމާތު ޝީޓްގައިވާ ގޮތުގެމަތިން ޢަމަލުކުރައްވައި، 15 މާރިޗް 2022 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލް އިދާރާއަށް ޕްރޮޕޯސަލް (ކާނިބިން ކުއްޔަށް ހިފުމަށް އެދޭފޯމާއި އެހެނިހެން ލިޔުންތައް) ހުށަހެޅުއްވުން އެދެމެވެ.

ބިމާބެހޭ މަޢުލޫމާތާއި ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ލިޔެކިއުންތައް އެނެގޭގޮތަށް އެކުލަވާލެވިފައިވާ " ބަނދަރު ސަރަޙައްދުން ހޮޓާކެފޭ ރެސްޓޯރަންޓް ހިންގުމަށް ބިން ކުއްޔަށް ދިނުމާބެހޭ މަޢުލޫމާތު ޝީޓް" ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ޕްރޮޕޯސަލް ހުށަހެޅުމާބެހޭ އިތުރު މަޢުލޫމާތު.

  1. މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތުގައި ޕްރޮޕޯސަލް ހުށަހެޅުމަށް ކައުންސިލް އިދާރާގައި ރަޖިސްޓްރީކޮށްފައިވާ، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުންފުނި ނުވަތަ ވިޔަފާރިތަކަށެވެ.
  2. ބިން ކުއަޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން 10 މާރިޗް 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށްޓަކައި ކައުންސިލް އިދާރާގައި ރަޖިސްޓްރީ ކުރަންވާނެއެވެ. ރަޖިސްޓްރޭޝަން ފީއަކީ-/200 ރުފިޔާއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް ހުށަހަޅުއްވާނީ އެ ބޭނުމަށް ކައުންސިލް އިދާރާގެ ކައުންޓަރުން ދޫކުރާ ފޯމަކުންނެވެ.(މިފޯމް އިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ) ރަޖިސްޓްރޭޝަން ފޯމާއެކު ކުންފުނީގެ ނުވަތަ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއެއް، ހުށަހަޅަންވާނެއެވެ.
  3. ބިން ކުއްޔަށް ހިފުމަށް ހުށަހަޅާ ފޯމާއެކު، ޕްރޮޕޯސަލްއަށް ޒިންމާވާނެ (ކުންފުނީގެ ނުވަތަ ވިޔަފާރީގެ) ވެރިއެއްގެ އައިޑީކާޑުގެ ކޮޕީއެއްވެސް ހުށަހަޅަންވާނެއެވެ.
  4. ބިމާބެހޭ މަޢުލޫމާތު ޝީޓާއި ބިން ކުއްޔަށް ހިފުމަށް އެދޭފޯމު އަދި ރަޖިސްޓްރޭޝަން ފޯމް، މިއަދުން ފެށިގެން ރަސްމީގަޑީގައި ކައުންސިލް އިދާއިން ލިބެން ހުންނާނެއެވެ. އަދި މަޢުލޫމާތު ޝީޓާއި ފޯމުތައް އިޢުލާނާއެކު ވަނީ ގެޒެޓްކުރެވިފައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

19 ރަޖަބް 1443

22 ފެބްރުއަރީ 2022

(ސޮއި)

އިބްރާހީމް އުޡްމާން

ކައުންސިލްގެ ރައީސް

22 ފެބުރުވަރީ 2022