ދިވެހިރާއްޖެ
އިއުލާން
ސްކިލްސް ފޮރ އަ ރިޒިލިޔެންޓް ވޯރކްފޯރސް ޕްރޮގްރާމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދައުވަތު
ވާރލްޑް ބޭންކުގެ އެހީއާ އެކީ ދިވެހި ސަރުކާރުން ތަންފީޒުކުރާ [MALDIVES: ENHANCING EMPLOYABILITY AND RESILIENCE OF YOUTH PROJECT (MEERY: P163818) ] ގެ ދަށުން ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ ޕްރޮގްރާމުގެ ކޯސްތައް ހިންގައިދޭނެ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު އަރުވަމެވެ. މި ޕްރޮގްރާމާ ގުޅުން ހުރި މައުލޫމާތާއި، ޝަރުތުތަކާއި، މާކްސްދޭނެ މިންގަނޑު އިއުލާނާއެކު މިވަނީއެވެ.
މައުލޫމާތު ސާފުކުރެއްވުމަށާއި ޝައުގުވެރިކަން ފާޅުކުރެއްވުމަށް އަދި މައުލޫމާތު ސެޝަންގައި ބައިވެރިވެލެއްވުމަށް 2022 މާރިޗު 3 ގެ 13:00 ގެ ކުރިން [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. މައުލޫމާތު ދިނުން އޮންނާނީ 2022 މާރިޗު 6 ގެ 11:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގައެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ، 2022 މާރިޗު 10 ގެ 11:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ފެންބިލްޑިންގ 2 ވަނަ ފަންގިފިލާގައެވެ. މައުލޫމާތު ސެޝަނުގައި ބައިވެރިވެ ނުލެއްވިޔަސް އަންދާސީހިސާބު ހުށަހެޅުއްވޭނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ.