ދިވެހިރާއްޖެ
މި އިދާރާގެ ނަންބަރު (IUL)304-EDS/304/2022/16 ( 23 ޖަނަވަރީ 2022 ) މިއިދާރާގެ ނެޓްވޯކް މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅާފައިވަނީ 3 ފަރާތްތަކުންނެވެ. ތިރީގައި ދެންނެވިފައިވާ ފަރާތާއި ހަވާލުކޮށްގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށް މި ކައުންސިލްގެ ބިޑް ކޮމެޓީ2022 ވަނަ އަހަރުގެ 01 ވަނަ ޖަލްސާއިން ނިންމާފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
މި އިޢުލާންކުރާ ތާރީހުން ފެށިގެން ސްޓޭންޑް- ސްޓިލް މުއްދަތު ގުނަން ފެށޭނެއެވެ. މި ސްޓޭންޑް- ސްޓިލް މުއްދަތު ތެރޭގައި،
- ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލަށް އެދެވިދާނެއެވެ. އަދި،
- މި ބީލަން، އެހެން ފަރާތާކާއި ޙަވާލުކުރުމާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، ޝަކުވާ ހުށަހެޅޭނެއެވެ.
މަތީގައި ދެންނެވުނު ކަންތައްތައް ކުރިއަށް ގެންދަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤަވައިދުގެ 10.53 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 7 (ހަތެއް) ދުވަހުގެ ތެރޭގައެވެ.
- 1. ބީލަން ޙަވާލު ކުރަން ނިންމާފައިވާ ފަރާތް:-
| ކުންފުނީގެ ނަން: | އައިލީ & ޢަލީ | 
| ހުށަހަޅާފައިވާ އަގު:- | 547،000.00 (ފަސްލައްކަ ސާޅީސް ހަތްހާސް) | 
| މުއްދަތު | 35 ދުވަސް | 
- 2. ބީލަން ހުށަހަޅާފައިވާ އެހެނިހެން ފަރާތްތައް:-
| ކުންފުނީގެ ނަން: | ޓްރޭޑާސް ކޮރ | 
| ހުށަހަޅާފައިވާ އަގު:- | 568،000.00 (ފަސްލައްކަ ފަސްދޮޅަސް އަށްހާސް ރުފިޔާ) | 
| މުއްދަތު | 45 ދުވަސް | 
| ބީލަން ކާމިޔާބު ނުވި ސަބަބު | ހުރިހާ ގޮތަކުން ބަލައި ބިޑްކާމިޔާބް ކުރި ފަރާތަށްވުރެ ޕޮއިންޓް މަދުވުމުގެ ސަބަބުން | 
| ކުންފުނީގެ ނަން: | ބްލޫ ލޭބަލް | 
| ހުށަހަޅާފައިވާ އަގު:- | 563،000.00 (ފަސްލައްކަ ފަސްދޮޅަސް ތިންހާސް ރުފިޔާ) | 
| މުއްދަތު | 55 ދުވަސް | 
| ބީލަން ކާމިޔާބު ނުވި ސަބަބު | ހުރިހާ ގޮތަކުން ބަލައި ބިޑްކާމިޔާބް ކުރި ފަރާތަށްވުރެ ޕޮއިންޓް މަދުވުމުގެ ސަބަބުން | 
ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލް ނުވަތަ ބީލަމާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ 06 މާރޗް 2022 ވަނަ ދުވަހުގެ 14:00 އެވެ. މި ތާރީޚްގައި ސްޓޭންޑް-ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްސީލް ހޯދުމަށް އެދޭއިރު، މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރު އެނގޭނެހެން ތިރީގައިވާ އީ.މެއިލްއަށް، ހުށަހަޅަންވާނެއެވެ.
އީމެއިލް: [email protected]
ފޯން ނަންބަރު: 6582701
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.
23 ރަޖަބް 1443
24 ފެބްރުއަރީ 2022