ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)335-AS/335/2022/37
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 11:09
ސުންގަޑި: 01 މާރިޗު 2022 14:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

           ހިންމަފުށީ މިސްކިތްތަކުގެ މަސައްކަތު މުއައްޒަފު އަހަރީ ޗުއްޓީ / ސަލާމް / ޢާއިލީ ޒިންމާ ޗުއްޓީގައި ތިއްބަވާ ދުވަސްތަކުގައި މިސްކިތް ފޮޅާ ސާފުކޮށް ބެލެހެއްޓުމަށް 1 އަހަރު ދުވަހުގެ މުއްދަތަށް ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން ޕޫލެއް އެކުލަވާލަން ބޭނުންވެއްޖެ އެވެ.

މަޤާމް: މަސައްކަތު ( ވަގުތީ )

ބޭނުންވާ ޢަދަދު:  1

ގިންތި:  ވަގުތީ

ރޭންކު:  އެސް.އެސް 1

މުއްދަތު: މީލާދީ 01 އަހަރު

ވަޒީފާ އަދާކުރަންޖެހޭ ތަން:  ހިންމަފުށީ މިސްކިތް 

މަސައްކަތް ކުރަންޖެހޭ ވަގުތު: މިމަޤާމަށް ހޮވޭ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭނީ މިއިދާރާއިން ހަމައްސަވާ މިސްކިތެއްގަ އެވެ. އެހެންކަމުން މުސާރަ އާއި އެލަވަންސް ލިބިލައްވާނީ ހަމައެކަނި މިސްކިތަށް ނިކުންނަދުވަސްތަކަށެވެ.

މުސާރަ އާއި އެލަވަންސް: ކޮންމެ ނަމާދު ވަގުތަކަށް -/45ރ ( ސާޅީސް ފަސްރުފިޔާ ) ގެ ރޭޓުން.

ތަޢުލީމާއި ތަޖުރިބާ:

  • އަސާސީ ފެންވަރަށް ލިޔަން ކިޔަން އެގުމާއި އެކު މަޤަމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުން.

މަޤާމުގެ މަސްއޫލިއްޔަތު:  މިއިދާރާއިން ހަމަޖައްސަވަ މިސްކިތެއްގައި އެމިސްކިތަކާއި އެވަގުތަކު ޙަވާލުވެ ހުންނަވާ އިމާމް / މުދިމް އަންގަވާ ގޮތެއްގެމަތީން މިސްކިތު މަސައްކަތު މުއައްޒަފުން ކުރާ މަސައްކަތްތައް ކުރުމެވެ. އެގޮތުން މިސްކިތް ސާފުކުރާއިރު މިސްކިތާއި މިސްކިތު ގޯތިތެރެއާއި، ވަށާމަގު ކުނިކަހާ ފޮޅާ ސާފުކުރުމާއި ފާޚާނާ އާއި އިސްކުރުބަރި ސާފުކުރުމާއި ދިޔަދޮވި ސާފުކުރުމާއި މިސްކިތުގައި ހެދިފައިވާ ގަސްތައް ބެލެހެއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ. އަދި މިސްކިތަށް ކަމެއް ދިމާވެއްޖެނަމަ ޤަވާޢިދުން ކައުންސިލް އިދާރާއަށް ރިޕޯޓް ކުރަންވާނެ އެވެ. 

ހުށަހަޅަންޖެހޭ ލިއުންތައް:

  • ވަޒީފާއަށް އެދޭ ފޯމް
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ގުޅޭނެ ފޯނު ނަންބަރާއި  އީ މެއިލް އެޑްރެސް ހިމެނޭގޮތަށް )
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

މަޤާމަށް އެދުމުގެ ސުންގަޑި:  މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  01 މާރޗް 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ހިންމަފުށީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމު ހިންމަފުށީ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ  [email protected]  އެވެ.  

މަޢުލޫމާތު ސާފުކުރުން:  މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6642020 ނަންބަރު ފޯނަށެވެ. އަދި އީމެއިލް އެޑްރެހަކީ  [email protected]  އެވެ.                  

23 ފެބުރުވަރީ 2022