ޢާންމު މަޢުލޫމާތު
ނަންބަރު: ނަންބަރ: TTAM/IUL/2022/003
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 10:32
ސުންގަޑި:
24 މާރިޗު 2022 00:00
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2022 ވަނަ އަހަރީ އާންމު ޖަލްސާ
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2022 ވަނަ އަހަރީ އާންމު ޖަލްސާ
ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ 24 މާރޗް 2022 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ޖަލްސާ އޮންނާނެ ވަގުތާއި ތަން، ފަހުން އިޢުލާން ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ މި އެސޯސިއޭޝަންގެ އެންމެހާ މެންބަރުންގެ މަޢުލޫމާތަށްޓަކައި 2022 ވަނަ އަހަރީ އާންމު ޖަލްސާ ބޭއްވޭނޭ ދުވަސް އާންމުކޮށް އިއުލާން ކުރަމެވެ.
2022 ވަނަ އަހަރީ އާންމު ޖަލްސާގެ އެޖެންޑާ
- ތައާރަފް
- އެޖެންޑާ ފާސްކުރުން
- 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށައެޅުމާއި އެކު ފާސްކުރުން
- 2022 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓް ފާސްކުރުން
- 2022 ވަނަ އަހަރުގެ ޓޭބަލް ޓެނިސް ކަލަންޑަރު މެންބަރުންނާއި ހިއްސާ ކުރުން
- އެހެނިހެން
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3314014 ނަންބަރާއި ގުޅުއްވުން އެދެމެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
މާލެ، ދިވެހިރާއްޖެ
ފޯން: 3314014
އީމެއިލް: [email protected]
24 ފެބުރުވަރީ 2022