ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-D/266/2022/20
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 15:52
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބާއި ގުޅޭ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބާގެ ތަރެއިން ރަށު ފެންވަރުގައި ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރު އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރު ހޮވުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ދެ ދާއިރާގެ އިންތިޚާބު ވަނީ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާރވިސަސްގެ ނަންބަރު (IUL)459-DR/1/2022/80 (22 ފެބްރުއަރީ 2022) ޢިއުލާނުން ބާތިލްކުރެވިފައެވެ. ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

ޤާނޫނު ނަންބަރު 8/2010 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދަންޖެހޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާތަޔްކުރާ ކައުންސިލް އަށް، އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (6) އަދި (7) ވަނަ ނަންބަރުގައި ބަޔާންކޮއްފައިވާ ދާއިރާތަކުން މެންބަރުން އިންތިޚާބުކުރުމަށް 2022 ފެބުރުއަރީ 24 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤުލިބިގެންވާ ފަރާތްތަކަށް އިންތިޚާބުގެ އިންތިޒާމްތައް މިހާރު ހަމަޖެހިފައިވާގޮތުން، ވޯޓުލުމުގައި އެންމެ ފުރިހަމައަށް ބައިވެރިވުމުގެ ފުރުޞަތު ލިބިގެންނުދާކަމުގެ ޝަކުވާތައް ލިބެމުންދާތީ މިކަންކަމަށް ރިއާޔަތްކޮށް އަދި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކަށް ވޯޓުލުމުގެ ޙައްޤު ގެއްލިގެން ދާތީ، ވޯޓުލުމުގެ ޙައްޤު ލިބޭ ހުރިހާ ފަރާތްތަކަށް ފަސޭހަކަމާއިއެކު ވޯޓުލެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން، އެ ދާއިރާތަކުގެ އިންތިޚާބު އަލުން ބޭއްވުމަށްޓަކައި މި ދެ ދާއިރާގެ އިންތިޚާބު ފަސްކުރެވިފައިވާކަން މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

23 ފެބުރުވަރީ 2022