ޢާންމު މަޢުލޫމާތު
ނަންބަރު: 22-EDF/22/2022/73
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 15:30
ސުންގަޑި: 24 މާރިޗު 2022 14:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެދުރުހިޔާ އާއި އެދުރުވެހިން ހުސްވެފައިވާ ފްލެޓްތައް ކުއްޔަށް ހިފުމަށް އެދި ފޯމް ހުށަހެޅުމުަށް ހުޅުވާލުން

 

އިޢުލާން

 އެދުރުހިޔާ އާއި އެދުރުވެހިން ހުސްވެފައިވާ ފްލެޓްތައް ކުއްޔަށް ހިފުމަށް އެދި ފޯމް ހުށަހެޅުމަށް ހުޅުވާލުން  :

މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ނަންބަރު 22/2022/64/EDF  ( 22 ފެބްރުވަރީ 2022) އިޢުލާނުން ޢާއްމުކޮށްފައިވާ ފަދައިން، މާލެ ސިޓީގެ ވިލިނގިލި އަވަށުގައި ހުރި "އެދުރުވެހި"  އާއި މާލޭގައި ހުރި " އެދުރުހިޔާ" ޢިމާރާތުގެ ފްލެޓްތައް ކުއްޔަށް ދިނުމުގެ އުސޫލް އިސްލާޙު ކުރުމަށްފަހު ދިވެހި ސަރުކާރުގެ ގެޒެޓްގަ އާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ވެބްސައިޓް www.moe.gov.mv ގައި ވަނީ 2022 ފެބްރުވަރީ 23 އިން ފެށިގެން ޝާއިޢު ކޮށްފައެވެ.

މިދެންނެވި އުސޫލް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ވެލާނާގެ 8 ވަނަ ފަންގިފިލާގެ ނޯޓިސްބޯޑް ގައާއި، އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ/ އެދުރުހިޔާ 9 ވަނަ ފަންގިފިލާގެ ނޯޓިސް ބޯޑްގައި އަދި އެދުރުވެހީގެ ނޯޓިސް ބޯޑްގައި ވެސް ބެހެއްޓިފައިވާނެއެވެ.

އެދުރުހިޔާ ޢިމާރާތުން 1 ކޮޓަރީގެ 9 ފްލެޓާއި 2 ކޮޓަރީގެ 42 ފްލެޓް ގެ އިތުރަށް އެދުރުވެހި ޢިމާރާތުން     1 ކޮޓަރީގެ 18 ފްލެޓާއި، 2 ކޮޓަރީގެ 29 ފްލެޓް އަދި 3 ކޮޓަރީގެ 7 ފްލެޓް މިހާތަނަށް ހުސްވެފައިވާތީ، އެދުރުވެހި އާއި،  އެދުރުހިޔާ ޢިމާރާތުގެ ފްލެޓްތައް  ކުއްޔަށް ދިނުމުގެ އުސޫލު ގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ފަދައިން އެދުރުވެހި އަދި އެދުރުހިޔާ ޢިމާރާތުން ހުސްވެފައިވާ ފްލެޓްތައް ކުއްޔަށްހިފުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލަމެވެ.

ވީމާ، އެދުރުހިޔާ އަދި އެދުރުވެހީގެ ފްލެޓްތައް ކުއްޔަށް ދިނުމުގެ އުޞޫލްގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން އެ އުޞޫލާ އެކުގައިވާ އެޕްލިކޭޝަން ފޯމް ("އެދުރުހިޔާގެ ފްލެޓަށް އެދޭ ފޯމް" ނުވަތަ "އެދުރުވެހީގެ ފްލެޓަށް އެދޭ ފޯމް") މިނިސްޓްރީގެ ވެބްސައިޓުން ނުވަތަ ސަރުކާރުގެ ގެޒެޓް ވެބްސައިޓުން ޑައުންލޯޑް ކުރައްވައިގެން ނުވަތަ ރަސްމީ ދުވަސްތަކުގައި ހެނދުނު 09:00 އިން 13:00 އާ ދެމެދު އެދުރުހިޔާ 9 ވަނަ ފަންގިފިލާ ކައުންޓަރަށް ވަޑައިގެން ފޯމްގެ ކޮޕީ ހޯއްދަވައި ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ (އުޞޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ) ލިޔުންތަކާއެކު 2022 ފެބްރުވަރީ 24 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން 2022 މާރިޗު 24 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 13:30 އަށް އެޑިއުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ/ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، އެދުރުހިޔާ 9 ވަނަ ފަންގިފިލާ އަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 3341195 އަށް ނުވަތަ 3341232 ފޯނަށް ގުޅުއްވުން އެދެމެވެ.

23 ފެބުރުވަރީ 2022