ދިވެހިރާއްޖެ
އިޢުލާން
ތ. ކަނޑޫދޫގައި އައިސްޕްލާންޓެއް ތަރައްގީކުރުމަށް ބިން ކުއްޔަށް ދޫކުރުން
ތ. ކަނޑޫދޫ ބަނދަރުގެ އުތުރުން އައިސްޕްލާންޓެއް ތަރައްގީކުރުމަށް ބިން ކުއްޔަށް ދިނުމަށް ކައުންސިލުން ނިންމާފައިވާ ސަރަހައްދުން އައިސްޕްލާންޓެއް ތަރައްގީކުރުމަށް 100x60 ފޫޓުގެ ބިމެއް 10 އަހަރު ދުވަހަށް ކުއްޔަށް ދިނުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، މިބިން ކުއްޔަށް ހިފުމަށް އެދިލައްވާ ފަރާތްތަކުން 24 ފެބުރުއަރީ 2022 ވަނަދުވަހުގެ 8:30 އިންފެށިގެން 06 މާރިޗު 2022 ވަނަދުވަހުގެ 12:00 އާއި ދެމެދު މިއިދާރާއަށް ދުރުވެ ބިޑު ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު 22 މާރިޗު 2022 ވަނަދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރީބިޑް މީޓިންގ، އަދި ސައިޓު ބެލުން 06 މާރިޗު 2022 ވަނަދުވަހު 13:30 ގައި މިއިދާރާގައި އޮންނާނެއެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ -/100 ރުފިޔާއެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.
22 ރަޖަބު 1443
23 ފެބުރުއަރީ 2022