ދިވެހިރާއްޖެ
މިރަށުގެ ލޭންޑް ޔޫސް ޕްލޭނުގައި4-b ގެ ގޮތުގައި ކަނޑައަޅާފައިވާ 02 ސަރަޙައްދުން ގުދަން ބިން ކުއްޔަށް ދިނުމަށްޓަކައި ބީލަން ހުށަހެޅުމަށް ކުރި މިއިދާރާގެ ނަންބަރު: (IUL)383/383/2021/50 އިޢުލާނުގައި ކުރިން ކޮށްފައިވާ އިޢުލާނަކާއި ގުޅިގެން ދޫކުރުމަށް ނިންމާފައިވާ ބިމެއް ހިމެނިފައިވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިމަށްއެދި ބީލަން ފޯމް ހުށަހެޅުއްވުންއެދެމެވެ. މި އިޢުލާނާގުޅޭ ބީލަން ކަރުދާސް 2022 ފެބްރުއަރީ 27 ވާ އާދީއްތަ ދުވަހުގެ 09:00 ން ފެށިގެން 2022 މާރިޗު 06 ވާ އާދީއްތަ ދުވަހުގެ 13:00 އާއި ހަމައަށް ވިލުފުށީ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. ބީލަން ކަރުދާހާއި ބީލަން ފޯމްގެ އަގަކީ -/50 (ފަންސާސް ރުފިޔާ) އެވެ. އަދި މިއިދާރާގެ ނަންބަރު: (IUL)383/383/2021/50 އިޢުލާން ބާޠިލުކުރުމާއި ގުޅިގެން އެބުރުގައި ބީލަން ފޯމް ބައްލަވައިގެންފައިވާ ފަރާތްތަކުގެ ފައިސާ ރީފަންޑް ކޮށްދިނުމަށް ވަނީ ނިންމާފައެވެ.
މި އިޢުލާނާ ގުޅިގެން ބީލަން ފޯމް ބަލައިގަތުމާއި ކެނޑުން އޮންނާނީ 2022 މާރިޗު 10 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ކަރުދާހާއި ފޯމް ނުނަންގަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. ގިނަ ފަރާތްތަކަށް ފުރުޞަތު ހޯދައިދިނުމުގެ ގޮތުން އެއްނަމެއްގައި އެއްބާވަތެއްގެ 2 ބިން ދޫނުކުރެވޭނެއެވެ.
ބީލަން ކަރުދާސް ނަންގަވަން އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ވިޔަފާރި ރެޖިސްޓްރީއެއްގެ ދަށުން ނުވަތަ އެނޫންވެސް ޤާނޫނީ ޝަހުސެއްނަމަ ރަޖިސްޓްރީގެ ކޮޕީ ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ޞައްޙަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.
ހުށަހެޅޭ ބީލަން ފޯމް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބީލަން ކަރުދާހުގައި ހިމެނިފައިވާނެއެވެ. ހުށަހަޅާ ބީލަން ފޯމްތައް އިވެލުއޭޓް ކުރެވޭނީ ކޮންމެ ބިމެއް ވަކިންނެވެ.
މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.