ދެންނެވުން
ނަންބަރު: (IUL)384-A/2022/13
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި: 06 މާރިޗު 2022 14:00
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްތަކުގެ ވެރިފަރާތް ހޯދުން

ރުއްތަކުގެ ވެރިފަރާތް ހޯދުމަށް

                   ތިރީގައި ފާހަގަ ކުރެވިފައިވާ ރުއްތަކުގެ ސަބަބުން އެސަރަޙައްދު ތަކުގައިހުރި ގެ ތަކާއި، ދިރިއުޅެމުންދާ ފަރާތްތަކަށް ދަތި އުދަނގޫތައް ކުރިމަތިވަމުންދާތީއާއި، ބައެއްފަހަރު ވައިގަދަވެ ރުއް ވެޓުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގާފައިވާތީ، ފާހަގަ ކުރެވިފައިވާ ރުއްތައް ކެނޑުމަށްޓަކައި، ބަދަލު ދިނުމަށް ރުއްތަކުގެ ވެރިފަރާތްތައް ހޯދަން ބޭނުންވެއެވެ. ދެންނެވުނު ސަރަޙައްދުގައި ހުރި ރުއްތަކުގައި ހުންނާނީ މި އިދާރާއިން ރަތްކުލައާއި، ނޫކުލައިގެ ދަވާދުން ނަންބަރުޖަހާފައެވެ.

 

ރުއް ހުރި ސަރަޙައްދު

ނަންބަރު ޖަހާފައިވާ ދަވާދުގެ ކުލަ، ރުކުގެ ނަންބަރު

  • ކުރިކީލަ ގޯތީގެ ހުޅަނގު އުތުރު ކަންމަތި

ރަތް ކުލައިގެ ދަވާދުން 1،2  

  • މޯނިންގްރޯވް ގޯތީގެ ހުޅަނގުފަރާތް

ރަތް ކުލައިގެ ދަވާދުން 5.6 

  • ބީޗްހެވަން ގޯތީގެ ހުޅަނގުފަރާތް

ރަތް ކުލައިގެ ދަވާދުން 7،8،9،10 

  • މިރިހިމާގެ ގޯތީގެ ހުޅަނގުފަރާތް

ރަތް ކުލައިގެ ދަވާދުން 11،12 

  • ފެހިވިނަ ގޯތީގެ ހުޅަނގު ފަރާތް

ނޫކުލައިގެ ދަވާދުން 13

  • ކުދިމާގެ ހުޅަނގު ދެކުނު ކަންމަތި

ނޫކުލައިގެ ދަވާދުން 14

  • ގުލްޝަންކިނާރާ ގޯތީގެ ހުޅަނގު ފަރާތް

ނޫކުލައިގެ ދަވާދުން 15

 

                  ވީމާ، މި ރުއްތަކުގެ ވެރިން އެއީ ކޮންފަރާތެއްގެ ރުކެއްކަން އެނގޭގޮތަށް އެ މަޢުލޫމާތު 06 މާރިޗު 2022 ވާ އާދީއްތަ ދުވަހު 14:00 ގެ ކުރިން ލިޔުމުން ނުވަތަ މި އިދާރާއަށް ދުރުވެ މަޢުލޫމާތު ދެއްވުން އެދެމެވެ.

                  މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ. 

23 ފެބުރުވަރީ 2022