ދިވެހިރާއްޖެ
(IUL)321-A/321/2022/40 :ނަންބަރު
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ބ.އަތޮޅު ކައުންސިލާއި ބ. އަތޮޅު ކޮންޒަވޭޝަން ފަންޑް ގުޅިގެން ތުޅާދޫގައި ޤާއިމްކޮށްފައިވާ 2 ކޮޓަރީގެ އެޕާޓްމަންޓް ހިމެނޭ ގޯތީގެ ވަށާފާރު ރޭނުމާއި، ދޮރާއި ދޮރުފަތް ހަރުކުރުމާއި، ސިމެންތިޖެހުމާއި، ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު (IUL)321/321/2021/194 (16 ޑިސެމްބަރ 2021) އިޢުލާނާއި ގުޅިގެން ބީލަން ހުށަހެޅުއްވި ފަރާތުގެ އަގު ބޮޑުކަމަށް ފެންނާތީ، އެ އިޢުލާނު ބާޠިލުކޮށް އިޢުލާނާ އެކު ޢާއްމުކޮށްފައިވާ ބީލަން ފޮތުގައިވާ މަޢުލޫމާތުތަކަށް ބަދަލު ގެނައުމަށްފަހު، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއި އެކު ޢާއްމުކޮށްފައިވާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، 2022 މާރިޗު 03 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް، ރަޖިސްޓްރީ ކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.
މި މަސައްކަތާގުޅޭ މަޢުލޫމާތު މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ބީލަންފޮތުގައި ހިމެނިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، މި އިދަރާގެ ނަންބަރު: 6600006 ފޯނާއެވެ.
މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
22 ރަޖަބު 1443