ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)405-A/2022/09
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 12:17
ސުންގަޑި: 15 މާރިޗު 2022 13:00
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
10 އޭސީ ސަޕްލައިކޮށް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

10 އޭސީ ސަޕްލައިކޮށް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

 

            މިކައުންސިލުން ދޭ ސްޕެސިފިކޭޝަން އާ އެއްގޮތަށް 10 އޭސީ ސަޕްލައިކޮށް މިކައުންސިލުން ދައްކާ ތަނެއްގައި އަމިއްލަ ތަކެތީގައި އޭސީތައް ބަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިބީލަމަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

 

ބީލަމްގެ ތަފްސީލު

 

 

ތަފްޞީލް

ދުވަސް، ގަޑި އަދި ތަން

1

ބީލަމުގައި ރަޖިސްޓްރީވުން

  މިބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 23ފެބްރުއަރީ 2022 ން 2މާރޗް  2022ށްބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މިކައުންސިލްގެ ނަންބަރ (9995970) ފޯނަށް ގުޅުއްވައިގެން ނުވަތަ މިކައުންސިލްށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. މިބީލަމުގައި ބައިވެރިވެވޭނީ މިމުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.

2

މައުލޫމާތު ސާފްކުރުމާއި  ބިޑުފޮތް ދޫކުރުމުގެ ބައްދަލްވުން

    މިބީލަމާއި ގުޅިގެން ދެވޭ މަޢުލޫތު އަދި ބިޑްފޮތް ދޫކުރުމުގެ  ބައްދަލުވުން  އޮންނާނީ  2022މާރޗް 03 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި ކުނަހަންދޫ ކައުންސިލްގެއިދާރާގައެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ ބީލަންފޮތުގެ އަގަކީ 150.00 (އެއްސަތޭކަ ފަންސާސް ރުފިޔާ) އެވެ. ( ބިޑްފޮތް ދޫކުރެވޭނީ ބީލަންފޮތުގެ އަގު ކައުންސިލަށް ދެއްކުމުންނެވެ.

 

3

ބިޑް ހުށަހެޅުން އަދި ބިޑްހުޅުވުން

 މިބީލަމުގެ ބިޑް ހުށަހެޅުމާއި ބިޑުހުޅުވުން އޮންނާނީ 2022މާރޗް 15 ވާ އަންގާރަ ދުވަހުގެ 13:00ގައި ކުނަހަންދޫ ކައުންސިލް އިދާރާގައެވެ.

 

             ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

23 ފެބުރުވަރީ 2022